މާފަންނު ގެއަކުން ފައިވާންތަކެއް ވަގަށް ނެގި ދެ މީހުން ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
މި ދެމީހުންގެ ވީޑިއޯ ފުލުހުން އާންމުކޮށްފައިވާއިރު، މިކަމާގުޅިގެން ފުލުހުން ވިދާޅުވީ، އެ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ މާފަންނު ގެއަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.
ވީމާ މި ދެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 476595 އެވެ.




