ކޮވިޑުގެ އަސްލު ހޯދާ ޑަބްލިޔުއެޗްއޯގެ ޓީމް ވޫހާންގެ ލެބަށް

ކޮރޯނާވައިރައިސް ފެތުރުމުގެ އަސްލު ހޯދުމަށްޓަކައި ޗައިނާގައި ހަރަކާތްތެރިވަމުންދާ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ތަހުގީގީ ޓީމް، ވޫހާންގައި ހުންނަ ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ އަށް ޒިޔާރަތްކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި ސިއްހަތު ޖަމިއްޔާގެ ޓީމުން ވޫހާން ލެބޮރޭޓަރީ އަށް ޒިޔާރަތްކޮށްފައިވާއިރު، ކޯވިޑް-19 ވައިރަސް އަކީ އެ ލެބުން އުފެއްދި އެއްޗެއްކަމަށް ބުނާ ކޮންސްޕިރަސީ ތިއަރީ އަކީ ވަރަށް ގިނަ ޤައުމުތަކުގެ މީހުން ގަބޫލުކުރާ އެއްޗެކެވެ. ހަމައެހެންމެ، އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕްގެ ސަރުކާރުގެ ވަރަށް ގިނަ އޮފިޝަލުންވެސް، މި ބައްޔަކީ އެލެބުން އުފަންކުރުވި އެއްޗެއްކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، އެކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް ދައްކާފައި ނުވެއެވެ.

ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ އަކީ ޗައިނީޒް އެކަޑަމީ އޮފް ސައިންސަސްއާ ގުޅުހުން އޮންނަ އިދާރާއެކެވެ. ޗައިނީޒް އެކަޑެމީ އޮފް ސައިންސަސް އަކީ ސީދާ ޗައިނާގެ ސަރުކާރުން ހިންގާ ތަނެކެވެ. ހަމައެހެންމެ، ވޫހާންގެ ލެބަކީ ޗައިނާގައި ހުންނަ ބަޔޯސޭފްޓީ ލެވެލް އެންމެ މަތި ލެބްވެސްމެއެވެ. މި ލެވެލް މަތިކަމުގައިވާނަމަ، މި ތަނަކީ އެންމެ ނުރައްކާތެރި ބަލިތައް ފެތުރުމުގެ އަސްލަކަށް ވެދާނޭ ޕެތޮޖެންތައް ތަހުލީލު ކުރާ ތަނެކެވެ.

2002 ވަނަ އަހަރާއި 2003 ވަނަ އަހަރު ފެތުރުނު ސާސް އަށްފަހު ވޫހާންގެ މި ލެބް ހުޅުވާފައިވާއިރު، އެކި ކޮރޯނާ ވައިރަސްތަކާ ގުޅޭ ދިރާސާތައް މި ތަނުގައި ކޮށްފައިވެއެވެ. އެހެންނަމަވެސް، ސާސް-ކޯވީ 2 ގެ އަސްލަކީ މިތަންކަން އަދި ހޯދިފައިނުވެއެވެ.

 

 

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ