ފޮޓޯ: ސަންގު

އިތުރު 16 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިން އިތުރު 16 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަން ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އެކޮމިޝަނުގެ ހުޅުވާލުމުން 16 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށެވެ.

އެގޮތުން ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބަށް ކުރިމަތިލީ ކެނޑީޑޭޓުންގެ ތެރެއިން 8 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އެއީ އަމިއްލަ ގޮތުން އިންތިޚާބަށް ކުރިމަތިލީ 5 ކެނޑީޑޭޓަކާއި، ޕީޕީއެމްގެ ކެނޑިޑޭޓަކާއި، ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއްގެ އިތުރުން އެމްޑީއޭގެ ކެނޑިޑޭޓެކެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިންވެސް 8 ކެނޑިޑޭޓަކު ވަނީ ނަން އަނބުރަ ގެންގޮސްފައެވެ. އެއީ އެމްޑީޕީގެ 3 ކެނޑިޑޭޓަކާއި، އަމިއްލަ ގޮތުން ކުރިމަތިލީ 2 ކެނޑިޑޭޓަކާއި، ޕީޕީއެމްގެ 2 ކެނޑިޑޭޓަކާއި، ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އަންނަ އެޕްރީލު މަހުގެ10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ގިނަ ކެނޑިޑޭޓުންތަކެއް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އެގޮތު މިދިޔަ ހަފްތާގައިވެސް 21 ކެނޑިޑޭޓަކު ނަން އަނބުރާ ގެނގޮސްފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ