އިތުރު 5 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިން އިތުރު 5 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަން ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އެކޮމިޝަނުގެ ހުޅުވާލުމުން އިތުރު 5 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށެވެ.

އެގޮތުން ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބަށް ކުރިމަތިލީ ކެނޑީޑޭޓުންގެ ތެރެއިން 1 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އެއީ ހދ. ނޮޅިވަރަމް ކައުންސިލަށް ވާދަކުރައްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް، މުޙައްމަދު އިބްރާހީމްއެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިންވެސް 4 ކެނޑިޑޭޓަކު ވަނީ ނަން އަނބުރަ ގެންގޮސްފައެވެ. އެއީ ޕީޕީއެމްގެ 1 ކެނޑިޑޭޓަކާއި، އަމިއްލަ ގޮތުން ވާދަކުރާ 3 ކެނޑިޑޭޓެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު އަންނަ އެޕްރީލު މަހުގެ10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ގިނަ ކެނޑިޑޭޓުންތަކެއް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ