އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން | ފޮޓޯ: ރާއްޖެއެމްވީ

އިދިކޮޅުން މިރޭވެސް މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރުމަށް މަސައްކަތް ކޮށްފި

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިރޭވެސް މާލޭގެ މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރުމަށް މަސައްކަތް ކޮށްފިއެވެ.

ޕީޕީއެމް އޮފީސް ކުރިމައްޗަށް އެއްވެ އިދިކޮޅު ފަރާތްތަކުން ފެށުމަށް މަސައްކަތްކުރި މުޒާހަރާ ފުލުހުން ރޫޅާލައިފައިވަނީ އެއްވުމަކީ ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ ހިލާފު ކަމެއް ކަމަށް ބުނެ، އިންޒާރު ދިނުމަށް ފަހުއެވެ.

ފުލުހުން މުޒާހަރާ ރޫޅާލިނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ، ޖެހިގެން އަންނަ ރޭވެސް މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އިތުރަށްބުނީ، މުޒާހަރާ އަކީ އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތަށް 10 މީހުންނަށްވުރެ ގިނަ ނުވާނެ ގޮތުގެ މަތިން ޓީމްތަކަށް ބަހާލައިގެން އިންތިޒާމް ކުރި މުޒާހަރާއެއް ކަމަށެވެ.

އެޗްޕީއޭއިން ހުކުރު ދުވަހު ނެރިފައިވާ ގައިޑްލައިންގައި ވާ ގޮތުން މާލޭ ސަރަޙައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާ ކޮށްފައެވެ. އަދި އެކަން ތަންފީޒު ކުރާނީ ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުންކަން އެޗްޕީއޭއިން ފާހަގަ ކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
3112
ގުޅުންހުރި ލިޔުންތައް

2 Responses

  1. މިސްޓާރ ޓޭ

    އިދިކޮޅު ފަރާތުން އެންމެންގެ ރައްކަލަކައް ބްރޭކެއް އެހައް ނަގަން ވެއްޖެއްނުން ދޯ؟

  2. ބަނާނާ

    ކިހާ ދެރަ ކަމެއް ތި ޕާޓީ ތަށް އުވާލެވޭ ވަރުގެ ގަޓެއް ހަމަ ނެތީތަ?

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ