ހުޅުމާލޭގައި އިމާރާތްކުރި ފްލެޓުތައް | ފޮޓޯ: މިޙާރު

ހިޔާ މަޝްރޫޢު: 3 ކެޓަގަރީ އުވާލައި ފޯމްތައް ބާޠިލުކޮށްފި

ހިޔާ، ހައުސިން މަޝްރޫޢުގެ 3 ކެޓަގަރީ އުވާލައި ފޯމްތައް ބާޠިލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ނެރުނު އިޢުލާނެއްގައި ވަނީ ހިޔާ މަޝްރޫޢުގައި 1 ކޮޓަރި ހިމެނޭ 3 ކެޓަގަރީ އުވާލުމަށް ނިންމާފައިވަނީ މި ކެޓަގަރީތަކަށް ފްލެޓްދެވޭ ވަރަށް ފްލެޓް ނެތުމުންކަމަށެވެ.

އެގޮތުން އުވާލާފައިވާ 3 ކެޓަގަރީއަކީ؛

  • އެޗް:11 – 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި)
  • އެޗް:13 – މާލެ މުނިސިޕަލްޓީގެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި)
  • އެޗް:15 – އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (1 ކޮޓަރި)

އެމިނިސްޓްރީން ބުނީ، 2018 ވަނަ އަހަރު "ހިޔާ" މަޝްރޫއަށް އިއުލާންކުރިއިރު އެ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން އެއް ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހު ކަމަށެވެ.

އމިނިސްޓްރީން ބުނީ، ެސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީއިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓް އެކަނިކަމަށެވެ. އެހެންކަމުން މިހާރު ސަރުކާރަށް ގަތުމަށް ލިބެންހުރި 36 ފްލެޓް، "ހިޔާ" މަޝްރޫއުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ އެއް ކޮޓަރި ކެޓަގަރީއަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެލޮކޭޓްކުރުމަށްފަހު، ބާކީވާ ފްލެޓްތައް، "ހިޔާ" މަޝްރޫއުގެ މާލޭ ރަށްވެހިންނަށް ހާއްސަ އެއް ކޮޓަރީގެ ކެޓަގަރީއަށް އެލޮކޭޓްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށްވެސްވަނީ ބުނެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން އިމާރާތް ކުރި ހިޔާ ފްލެޓް މަޝްރޫޢުގެ 7000 ހައުސިންގ ޔުނިޓްތަކުގެ ޢަދަދު 6720 އަށްވަނީ މަދުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ