ހާއްސަ އިވެންޓަކާއި ގުޅިގެން މާލޭގެ ބޮޑު ސަރަހައްދެއް ބަންދުކުރަން ނިންމައިފިއެވެ.
ފުލުހުން ވިދާޅުވީ، ހާއްސަ އިވެންޓަކާ ގުޅިގެން، ބައެއް ސަރަހައްދުތައް ފެބުރުއަރީ 20 ވަނަ ދުވަހުގެ 07:00 އިން ފެށިގެން އިވެންޓް ނިމެންދެން އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ބަންދު ކުރެވޭނެ ކަމަށެވެ.
އެހެންނަމަވެސް މަގުތައް ބަންދުކުރަނީ ކޮން އިވެންޓަކާއި ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ޚާއްޞަ އިވެންޓާކާ ގުޅިގެން، ޗާޓުގައި ފާހަގަ ކޮށްފައިވާ ސަރަހައްދުތައް 2021 ފެބުރުވަރީ 20 ވަނަ ދުވަހުގެ 14:00 އިން ފެށިގެން އިވެންޓް ނިމެންދެން ޢާންމު ދަތުރުފަތުރަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ބަންދު ވާނެވާހަކަ ދަންނަވަމެވެ. pic.twitter.com/sEdzgApJ3S
— Maldives Police (@PoliceMv) February 19, 2021




