ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީހެއްގެ ދަބަސް ފާސް ކުރަމުން ދިޔަ ވަގުތު ބޮމެއް އޮތީތޯ ސަމާސާއަކަށް ސުވާލު ކުރުމުން ހައްޔަަރުކުރި މިހާ ދޫކޮއްލައިފިއެވެ.
ފުލުހުން ވިދާޅުވީ، އެއާޕޯޓުގެ ޑޮމެސްޓިކު ޓާމިނަލްގެ ތެރެއިން ފުރަން ގޮސް ހުރި މީހަކު ދަބަސް ޗެެކްކޮށް ނިމުނު ފަހުން ބޭރަށް ނިކުތުމުގެ ސަބަބުން ދެ ވަނަ ފަހަރަށް ދަބަސް ޗެކް ކުރަމުން ދަނިކޮށް، "ދަބަސް އެވަރަށް ޗެކް ކުރަނީ ދަބަހުގައި ބޮމެއް އޮވެެގެންތޯ" އެހި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެެންގޮސްފައިވާ ކަމަށެވެ. އަދި
އެ މީީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީީރުގެ 16:38 ގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވިީ މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 62 އަހަރުގެ ފިރިހެނެއް ކަމަށާއި މި މީހާއާ ގުޅިގެން ބަލަން ޖެެހޭ ކަންކަން ބެލުމަށް ފަހު މިހާރު އޭނާ ވަނީ ރޭޭގެ ވަގުތެއްގައި ދޫކޮށްލާފައި ކަމަށެވެ.




