"ސްޕައިޑަރ މޭން 3" ގެ ޓައިޓަލް ނަން ހާމަކޮށްފި!

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަެ ފިލްމް "ސްޕައިޑަރ މޭން" ގެ ތިން ވަނަ ބައިގެ ޓައިޓަލް ނަން ހާމަކޮށްފިއެވެ.

ސޮނީ އާއި ޑިޒްނީއިން އުފައްދާ މާވެލްގެ ސިނަމެޓިކް ޔުނިވާރސްގެ ތެރެއިން ގެނެސްދޭ "ސްޕައިޑަ މޭން:3" ގެ ޓައިޓަލް ނަމަކީ، "ސްޕައިޑަރ މޭން: ނޯ ވޭ ހޯމް" އެވެ.

މި ފިލްމްގެ ނަން ހާމަކުރީ، ސޮނީ އިން ޓްވީޓާގައި ހިއްސާކުރި ވީޑިއޯ އަކުންނެވެ. މި ވީޑިއޯގައި މި ފިލްމްގެ މައިގަނޑު ތިން ތަރިން ކަމުގައިވާ، ޓޮމް ހޮލެންޑް، ޒެންޑަޔާ އަދި ޖޭކޮބް ބެޓެލަން ފެނިގެންދެއެވެ.

“ސުޕައިޑަރ މޭން ފާ ފްރޮމް ހޯމް” ގައި އެންމެ ފަހުން ހިނގާފައިވާ ހާދިސާއަށް ބަލާއިރު، ފިލްމްގެ ޕޯސްޓް ކްރެޑިޓް މަންޒަރުގައި، ސްޕައިޑަމޭންއަކީ ކާކުކަން ފިލްމްގެ ވިލަން “މިސްޓީރިއޯ” މުޅި ދުނިޔެއަށް ވަނީ ފަޅާއަރުވާލަފައެވެ. އެހެންކަމުން މި ފަހަރުގެ ފިލްމް ވަރަށްވެސް ޝައުގުވެރި ވާނެއެވެ.

ސްޕައިޑަރ މޭން: 3" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޑިސެމްބަރު 17 ގައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ