އުއްމީދު ކުރަނީ ޕްރިޔަންކާ ވަރަށް އަވަހަށް ބަނޑުބޮޑުވާނެ ކަމަށް: ނިކް ޖޯނަސް

އަނބިމީހާ ޕްރިޔަންކާ ޗޯޕްރާ އާއެކުއަށް ވަރަށް އަވަހަށް ދަރިއަކު ލިބޭނެ ކަމުގެ އުއްމީދުގައި ހުރިކަމަށް ނިކް ޖޯނަސް ހާމަކޮށްފިއެވެ.

މަޝްހޫރު ސެލެބްރިޓީ ކަޕުލް، ނިކް ޖޯނަސް އާއި ޕްރިޔަންކާ އާއިލާއަށް އިތުރު މެންބަރެއް ގެނައުމަށް ވިސްނަމުން ދާކަމަށް މި ދެމަފިރިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ޕްރިޔަންކާ ވަރަށް އަވަހަށް ބަނޑުބޮޑުވާނެކަމަށް އުއްމީދުކޮށްގެން ހުރި ކަމަށް ނިކް ވަނީ ބުނެފައެވެ.

ނިކް މީގެ ކުރިން ދިން އިންޓަވިއުއެއްގައި، އާއިލާއެއް ފެށުމަށް ދެމީހުންގެ ޕްލޭން އަކީ ކޮބައިތޯ ނިކްއާއި ސުވާލުކުރުމުން އޭނާ ބުނީ، އޭނަގެ އުންމީދަކީ އަންހެނުން ޕްރިޔަންކާ ޗޯޕްރާއާއެކު ބައިވަރު ދަރިން އެމީހުންގެ ކައިވެންޏަށް ލިބުންކަމަށެވެ.

ކޮންމެވެސް ދުވަހަކުން އާއިލާ އިތުރަށް ބޮޑުކުރަން ދެމީހުންވެސް ބޭނުންވާކަން ނިކް ހާމަކޮށްފައިވެއެވެ. ނަމަވެސް ނިކް ބުނީ، އެންމެ އިސްކަމެއް ދޭނީ ޕްރިޔަންކާގެ އުފާތަކަށް ކަމަށެވެ. މީގެ އިތުރުން ނިކް ބުނީ، ޕްރިޔަންކާ އަކީ ނިކްގެ ހަޔާތުގެ އެންމެ މުހިއްމު މީހާކަމަށެވެ.

ޕްރިޔަންކާ އާއި ނިކް ކައިވެނިކޮށްފައިވަނީ، 2018 ވަނަ އަހަރުގެ ޑިސެމްބަރ 1 ގައެވެ.

މިލިޔުން ކިޔާލުމުން
211
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ