ފުލުހުންގެ ބޯޑަށް އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލްޣަފޫރު އައްޔަން ކުރަން ކޮމިޓީން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހާމިދު އެ މަގާމަށް އައްޔަންކުރަން ފާސްވީ ކޮމިޓީ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ހާމިދުގެ އިތުރުން ދެން އެ މަގާމަށް އިތުރުން 3 ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް އެއިން ބޭފުލަކަށް ކޮމިޓީގެ ތާއީދެއް ލިބިފައެއް ނުވެއެވެ. އަދި ޕޮލިސް ބޯޑަށް ކުރިމަތި ލި ފަސް ފާރާތުގެ ނަން ދިރާސާ ކުރުމަށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން މިހާރު ވަނީ ހާމިދުގެ ނަން ފާސްކޮށްފައެވެ.
ޕޮލިސް ބޯޑަށް ލާން ފޮނުވި ނަންތައް:
- ލަބީގު މުހައްމަދު މާހިރު / މ.މަނަދޫ ވިއު
- ޒުބައިރު އަހުމަދު މަނިކު / ގ.މަލްވިނަ
- ޒީނަތު އަލީ / ދަފްތަރު 2616އަލީ މުހައްމަދު މަނިކު / ދަފްތަރު 1851
- ހާމިދު އަބްދުލްޣަފޫރު / ހ.ޝޭޑީ ކޯނާ
ފުލުހުންގެ ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ 2 މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ 3 މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ޕޮލިސް ބޯޑަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރ ޢައްޔަންކުރުމުގައި، އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށާއި، ލަފާދޭންޖެހޭ ކަންކަމުގައި ވަޒީރަށާއި، ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމަށް އުފައްދާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ.



