"އަ ކުއައިޓް ޕްލޭސް 2" ރިލީޒްކުރުން އަވަސްކޮށްފި!

2018 ވަނަ އަހަރު ޖޯން ކްރަސިންސްކީގެ ޑައިރެކްޝަންގެ ދަށުން ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ކާމިޔާބު ބިރުވެރި ފިލްމް “އަ ކުއައިޓް ޕްލޭސް”ގެ ދެވަނަބައި ރިލީޒްކުރުމަށް އެންމެ ފުރަތަމަ ތާވަލްކޮށްފައި އޮތީ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 17ގައެވެ.

ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ފިލްމް ނޭޅުވި ރިލީޒްކުރާ ތާރީޙް ލަސްކުރަމުން އައިސް، އެންމެ ފަހުން ފިލްމް އަޅުވާ ތާރީހް މިވަނީ އަވަސްކޮށްފައެވެ. އެގޮތުން ފިލްމް އަޅުވަން ތާވަލްކޮށްފައިވަނީ މެއި މަހުގެ 28 ގައެވެ.

މި ޙަބަރު އިއުލާންކުރީ ފިލްމްގެ ޑައިރެކްޓަރ ޖޯން ކްރަސިންސްކީ ކުރި ޓްވީޓެއްގައެވެ.

މިއީ މި ފިލްމް އެޅުވުން ފަސްވެ، ރިލީޒްކުރުމަށް ތާވަލްކުރި ފަސް ވަނަ ފަހަރެވެ. އެގޮތުން މާޗް 20 ގައި ނޭޅުވުމުގެ ސަބަބުން، ފިލްމް އެޅުވުމަށް ދެން ތާވަލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 4 ގައެވެ. ނަމަވެސް އެ ތާރީޙްގައިވެސް ފިލްްްމް ނޭޅުވި، ދެން ފިލްމް އަޅުވާ ތާރީޙް މި އަހަރުގެ އޭޕްރީލް މަހަށް ބަދަލުކުރިއެވެ.

އަ ކައިޓް ޕްލޭސް ގެ ފުރަތަމަ ބައި ވެގެންގޮސްފައިވަނީ ބޮޑު ހިޓަކަށެވެ. ބެލުންތެރިންގެ މެދުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދި މި ފިލްމަށް، މުޅި ދުނިޔެއިން 340 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ.

ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ، އިންސާނުން ނޫން، އާދަޔާ ހިލާފު ލޮލަށް ނުފެއްނަ ނަމަވެސް އަޑުއިވުމުގެ ބާރު އާދަޔާ ހިލާފަށް ގަދަ އެއްޗެހިތަކެއް ދުނިޔެއަށް ވެރިވެގަނެގެން، އިންސާނުންގެ އަދި ޖަނަވާރުން އާބާދީގެ ބޮޑު ބައެއް ނައްތާލައިފައިވާ މި ދުނިޔޭގައި އާއިލާއަކު ދިރިހުރުމަށް ކުރާ މަސައްކަތެވެ. ކިތަންމެ ކުޑަ އަޑެއް އިވުނުކަމުގައިވިޔަސް އޭއްޗެހި އައިސް ހަމަލާދެއެވެ.

މި ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން މި ފިލްމުގެ ލީޑް އެކްޓަރެއްގެ ރޯލު ޖޯން ކްރަސިންސްކީ އަދާކޮށްފައިވާއިރު، ފިލްމުގައި ދެން ފިނިގެންދަނީ އޭނަގެ އަންހެނުން އެމިލީ ބްލަންޓެވެ. މި ފިލްމުގައި ވެސް ދެމީހުން އަދާކޮށްފައިވަނީ ދެމަފިރިންގެ ރޯލެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ