"އަދީބާއި ޒިޔަތު ގެޔަށް ބަދަލުކުރީ ޔާމިނާ ދެކޮޅަށް ހެކިދިނުމުން އިނާމަކަށް"

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތު ގެޔަށް ބަދަލުކޮށްފައި ވަނީ ރައީސް ޔާމިނާއި ދެކޮޅަށް ހެކިބަސް ދިނުމުން އޭގެ ބަދަލަކަށް ދިން އިނާމެއްގެ ގޮތުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. 

ޖަމީލް މިހެން ވިދާޅުވެފައި ވަނީ އަދީބާއި ޒިޔަތު ގެޔަށް ބަދަލުކޮށްފައިވަނީ ޑޮކްޓަރު އެކަމަށް ލިޔުން ދިނުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞަލިޙް ވިދާޅުވުމާއި ގުޅިގެންނެވެ.

އެގޮތުން ރައީސް ވިދާޅުވެފައި ވަނީ އަދީބާއި ޒިޔަތަށް ޑޮކްޓަރު ދެއްވި ފަދަ ލިއުމެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ލިބިފައިނުވާކަމަށާއި ރައީސް ޔާމީނާއި ގުޅިގެން ޑޮކްޓަރުން ލަފާ ދެއްވާފައި ވަނީ ޓެސްޓްތަކެއް ހަދަން ރާއްޖެއިން ބޭރަށް ފޮނުވަން ކަމަށެވެ. އަދި އެ ފުރުސަތު ރައީސް ޔާމީނަށް އެރުވި ކަމަަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ އަދީބުއާއި ޒިޔަތު ގޭގައި ތިބީ ޑޮކްޓަރެއްގެ ލިޔުމެއް އޮތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމަކީ ރައްޔިތުންނަކީ ތަނެއްދޮރެއް ނޭނގޭ ބައެއްކަމަށް ސިފަކުރުން ފަދަ ކަމެއްކަމަށެވެ. 

"އެނޫން ބަޔަކު ނެތީތޯ ޑޮކްޓަރުންގެ ލިޔުން ލިބޭނެ؟" ޖަމީލް ވިދާޅުވެފައިވެއެވެ. 

ޖަމީލް ވިދާޅުވީ ޙަޤީގަތަކީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިނުމުން ބަދަލުގައި އިނާމަކަށް އެ 2 މީހުން ގެއަށް ބަދަލުކުރީކަމަށާއި މިކަމުގެ ހެކިވެސް އެބަހުރިކަމަށެވެ. އަދި ރައީސް ޔާމީން ގެއަށް ބަދަލުކޮށް ސްޓްރެސް ފްރީ މާހައުލެއްގައި ބަހައްޓަންޖެހޭ ކަމުގެ ލިޔުން ތަކުރާރުކޮށް ހުށަހެޅުމުންވެސް ޤަބޫލު ނުކުރިކަމުގައި ޖަމީލް ވަނީ ވިދާޅުވެފައެވެ.

މިގެ އިތުރުން ޖަމީލް ވިދާޅުވީ ވަކިވަކިން ރައީސް ޞާލިޙްގެ ފަރާތްޕުޅުން އެކިފަރާތްތައް މެދުވެރިކޮށް ރައީސް ޔާމިން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޕްރެޝަރުކުރަމުންދާކަމަށެވެ. ޖަމީލް ވަނީ އެވަރުން ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފޮނުވަން ކެތްމަދުވެގެން އުޅުއްވަނީ ކީތްވެތޯ ސުވާލު އުފައްދަވާފައެވެ. 

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ