ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު މިއަދުވެސް ބަންދުކޮށްފި

އިދިކޮޅު ކޯލިޝަންގެ ޕްރޮގްރެސް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފިއެވެ.

ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ހުރަފާގޭގައި ޕީޕީއެމް އޮފީސް ހުންނައިރު، އެ ސަރަހައްދު ބަންދުކޮށްފައިވަނީ މިއަދު އިދިކޮޅު ކޯލިޝަންގެ އެއްވުމެއް ކުރިއަށް ގެންދަން ނިންމާފައިވާތީ އެ ފުރުސަތު ނުދިނުމަށް ކަމަށް ބެލެވެއެވެ.

ފުލުހުން ވަނީ ޕީޕީއެމް އޮފީހަށް ދެވޭ ހުރިހާ މަގުތަކެއް އާންމުންނަށްވެސް ނުވަދެވޭނެހެން ބަންދުކޮށްފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ ހާލަތަކީ ގޯސް ދުވަސްވަރެއް ކަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ މާލެ ސަރައްދުގައި މަގުމައްޗާއި އާންމު ތަންތަނަށް އެއްފަހަރާ ފަސްމީހުންނަށްވުރެ ގިނަ މީހުން އެއްވުން މަނާކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ