ހުއްދަނެތި އަންބަރާއަށް ދިޔަ 95 މީހަކު ޖޫރިމަނާކޮށްފި

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ޚިލާފަށް، ހުއްދަނެތި މާލެއިން ވ. އަންބަރާއަށް ދަތުރުކުރި 95 މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ރޭ ޖޫރިމަނާކުރި އެ 95 މީހުންނަކީވެސް މާލެއިން ދަތުރުކުރުމުގެ ކުރިން އެކަމަށް ނަގަންޖެހޭ ހުއްދަ ނުނަގާ ދަތުރުކުރި މީހުންކަމަށެވެ. މީގެ އިތުރުން އެމީހުން ދަތުރުކުރި އުޅަނދަށް މީހުން އަރުވާފައިވަނީ އެއުޅަނދަށް ކަނޑައަޅާފައިވާ ޖާގައަށްވުރެ އިތުރަށްކަމަށާއި، މިމައްސަލަ އިތުރަށް ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

އަންބާރަށް ދިޔަ މީހުން މަސްތުވާތަކެތި ބޭނުންކުރި ކަމަށް ވެސް ހަބަރުތައް ފެތުރުނެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ، މާލެއިން ވ، އަންބަރާއަށް ދިޔަ 95 މީހަކު ޖޫރިމަނާކޮށްފައިވާއިރު އެމީހުން މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ނުކުރެވޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ