ދަރުމަވަންތަ ހޮސްޕިޓަލު ބޭރުގައި ކެނަބިސް ގަހެއް ހުރެގެން ފުލުހުން ހަރަކާތްތެރިވަނީ!

ދަރުމަވަންތަ ހޮސްޕިޓަލު ބޭރުގައި ކެނަބިސް ގަހެއް ކަމަށް ޝައްކުުކުރެވޭ ގަހެއް ހުރުމުގެ ސަބަބުން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިކަމާ ގުޅިގެން މިނޫހުންކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީގައި ކެނަބިސް ކަމަށް ބެލެވޭ ގަހެއް ހުރެގެން ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

އެހެންނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

މާލެއިން ކެނަބިސް ކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިފައި ވާއިރު، މިދިޔަ އަހަރު ކ. ދިއްފުށިން ވެސް ވަނީ ކެނަބިސް ގަހެއް ކަމަށް ބެލެވޭ ބޮޑު ގަހެއް ފެނިފައެވެ.

މިލިޔުން ކިޔާލުމުން
12111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ