"ޝަކީރާ" މަރުވެއްޖެ

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ފުލުހުން ބޭނުންކުރާ ކުއްތާ ޝަކީރާ މިއަދު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ނެދަލެންޑްސް އިން ގެނައި ކުއްތާތަކުގެ ތެރެއިން "ޝަކީރާ" މަރުވީ ބަލިވެ އުޅުމަށް ފަހު މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި މީގެކުރިން ވެސް ފާރަގެމައިގައި ހިމެނޭ ކުއްތާއެއް މަރުވެފައިވާ ކަމަށަވެސް އޮފިޝަލު ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ އޮޕަރޭޝަން ވަރުގަދަކުރަން ޑޯގް ސްކޮޑެއް އުފައްދައި ކުއްތާތައް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. ދެ ކުއްތާއެއް މިއަދު މަރުވުމުން އެ ސްކޮޑުގައި މިހާރު އޮތީ 15 ކުއްތާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ