ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންއަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިކަން އެގައުމުގެ ހެލްތު މިނިސްޓަރު ފައިސަލް ސުލްތާން ހާމަ ކުރަައްވާފައިވާއިރު، އެމަނިކުފާނު މިވަގުތު ހުންނެވީ ހޯމް އައިސޮލޭޝަންގައެވެ.
އުމުރުފުޅުން 68 އަހަރުގެ އިމްރާން ހާންއަކީ ކުރިން ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އެއެމަނިކުފާނު އެގައުމުގެ ބޮޑު ވަޒީރުކަމަށް އިންތިހާބުވެވަޑައިގަތީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަސް، ކޮވިޑް-19އަށް ޕާކިސްތާނުގައި މިހާތަނަށް 623،135 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި އެގައުމުން 13،799 މީހަކު ވަނީ މަރުވެފައެވެ.



