ހއ ގެ ބައެއް ރަށްރަށަށް ލައްގާ މަސްތުވާތަކެތި ތަޙުޤީޤުކުރުމަށް ފުލުހުންގެ ޚާއްސަ ޓީމެއް އެ އަތޮޅަށް ދިއުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ހއ ގެ ބައެއް ރަށްރަށަށް ލައްގާ މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ސާރޗް އޮޕަރޭޝަންއެއް ކުރިއަށް ގެންދާކަމަށާއި، އަދި މިމައްސަލަ ތަޙުޤީޤު ކުރުމަށް މާލެއިން ފުލުހުންގެ ޚާއްސަ ޓީމެއް މާދަމާ ހއ. އަތޮޅަށް ދާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.
ރާއްޖޭގެ އެެންމެ އުތުރުގެ ރަށްތަކަށް މަސްތުވާތަކެތި ލައްގަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ. އެގޮތުން ފިއްލަދޫއަށާއި ވަށަފަރަށްވެސް މަސްތުވާތަކެތި ލައްގާފައިވާއިރު،، ފިއްލަދޫ ފަޅުތެރެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަން 25 ކިލޯއަށް އަރާނެކަމަށް ލަފާކުރެވޭއިރު، ވަށަފަރުން މިހާތަނަށް 1 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް އެރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ.
https://feshun.wonstasite.com/116532



