ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން

ފުލުހުންގެ ބަންދުގައި ހުރި މީހަކު އަމިއްލަ ނަފްސަށް ގެއްލުންދޭން މަސައްކަތް ކޮށްފި

ފުލުހުންގެ ބަންދުގައި ހުރި މީހަކު އަމިއްލަ ނަފްސަށް ގެއްލުންދޭން މަސައްކަތް ކޮށްފިއެވެ.

އަމިއްލަ ނަފްސަށް ގެއްލުންދޭން މަސައްކަތްކޮށްފައިވަނީ ކުޅުދުއްފުށީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ދިވެހި ފިރިހެނަކެވެ. އުމުރުން 31 އަހަރުގެ އެމީހާއަކީ ވައްކަމުގެ ތުހުމަތެއްގައި ބަންދުކުރެވިފައިވާ މީހެއްކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ބަންދުގައި ހުރި މީހަކު އަމިއްލަ ނަފްސަށް ގެއްލުން މަސައްކަތް ކުރުމާއި ގުޅިގެން، އެމީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާކަމަށެވެ.

އަދި މިހާދިސާއާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އަދި ބަލަންޖެހޭ ކަންތައްތައް ބަލަމުންދާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

އަދި މައްސަލާގެ ބާވަތުން މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވިއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ