3 މީހަކު ޕޮޒިޓިވްވެ، ތިނަދޫއަށް އަރާ ފޭބުން މަނާކޮށްފި

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ފްލޫ ކްލިނިކް އަށް ދެއްކި 3 މީހަކު ކޮވިޑު-19 އަށް ޕޮޒިޓިވްވެ، ގދ. ތިނަދޫއަށް އަރާ ފޭބުން މަނާކޮށްފިއެވެ.

ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި އިއްޔެ 26 މާރިޗް 2021 ގައި ނެގި ސާމްޕަލްތަކުގެ ތެރެއިން ޖުމްލަ 6 ފަރާތެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ކަރަންޓީންގެ 10 ދުވަސް ފުރިހަމަކުރުމަށް ފަހު ނެގި 3 ސާމްޕަލެއްގެ އިތުރުން ރޯގާގެ އާލާމާތްތަކާއެކު ހޮސްޕިޓަލުގެ ފްލޫ އޯޕީޑީއަށް ދެއްކި 3 ފަރާތެއް ކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.

އަދި މި ކޭސްތަކާއި ގުޅިގެން އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން އޯޕީޑީވެސް ވަނީ މެދުކަނޑާލާފައެވެ. އަދި މިޙާލަތުގައި ކޮންމެހެން އަންނަންޖެހޭ ޙާލަތެއްގައި މެނުވީ ހޮސްޕީޓަލަށް ޒިޔާރަތް ނުކުރުމަށްވެސްވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ހުން އައިސް ކެއްސާ، ކަރުގައި ރިއްސާ އަދި ރޯގާގެ އެއްވެސް އަލާމަތެއް ފެނިއްޖެނަމަ ހޮސްޕިޓަލަށް އައުމުގެ ކުރިން 7934641 ނަންބަރު ފޯނަށް ގުޅުމަށްވެސް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން އެދިފައިވެއެވެ.

ކޮންޓެކްޓް ޓްރެސިން ހެދުމަށް ތިނަދޫ މިވަގުތު އޮތީ މޮނިޓަރިންގައެވެ. އެހެންކަމުން އެޗްޕީއޭގެ ހުއްދަ ނެތި އެރަށުން އަރައި ފޭބުމަކީ މަނާކަމެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ