ވެލާވަރު ރިސޯޓަށް އީސީގެ އޮފިޝަލުން ނޭރުވި މައްސަލައެެއް!

އަންގްސާނާ ވެލާވަރު ރިސޯޓަށް އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ނޭރުވިކަމަށް އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ރިސޯޓަށް އީސީގެ އޮފިޝަލުން އެރުމުގެ ހުއްދަ ނުދީގެން އޮފިޝަލުން ކައިރި ރަށަކަށް ފޮނުވާފައިވާ ކަމަށެވެ.

"އަންގްސާމާ ވެލާވަރަށް އީސީގެ އޮފިޝަނުން އެރުމުގެ ހުއްދަ ނުދީގެން އޮފިޝަލުން ކައިރި ރަށަކަށް ފޮނުވައި، އެ ރިސޯޓްގައި ވޯޓްލުމަށް ރެޖިސްޓަރ ކޮށްފައިވާ 61 ފަރާތަށް ވޯޓް ލެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން." އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

"އެ ރިސޯޓްގައި ވޯޓް ފޮށި ބަހައްޓަން ނިންމީވެސް އެ ރިސޯޓުން އެދިގެން. އޮފިޝަލުން ދިޔައީ ނެގެޓިވް ޕީސީއާރު ޓެސްޓްގެ ރިޒަލްޓުވެސް ހިފައިގެން، އަންގްސާނާގެ ވޯޓްފޮށި، ދ.މީދޫގައި ބެހެއްޓޭތޯ މިދަނީ ބަލަމުން. އެ ރިސޯޓަށް ވޯޓްލާން ރަޖިސްޓަރީކޮށްފައިވާ 61 ފަރާތަށް މީދޫގައި ވޯޓް ލެވޭނެ." އީސީގެ އޮފީޝަލުން އެ ރިސޯޓަށް ދިޔައީ ނެގެޓިވް ޕީސީއާރު ޓެސްޓްގެ ރިޒަލްޓް ނެތިކަމަށް މީހަކު ކުރި ތުހުމަތަކަށް ރައްދުދެއްވައި އިލެކްޝަނުގެ ރައީސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، އަންގްސާނާގެ ފޯކަލް ޕޮއިންޓް ވިދާޅުވެފައިވަނީ، ޕީސީއާރު ޓެސްޓްގެ ނަތީޖާ އޮތްނަމަވެސް، ރިސޯޓަށް އެރޭނީ އެޗްޕީއޭގެ ހުއްދަ ލިބިގެން ކަމަށާއި، އެހެން އެއްޗެސް ތަނަކުން މިހާވަރަށް ދެކޮޅު ހަދާފައި ނުވާކަމަށެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ގޯސް

    މިއީ އަހަރެމެން ބުނަމުންދާ ވާހަކަ ބިދޭސީންގެ ބާރު ސަރުކާރަށްވުރެ މާގަދަ. މިނިވަންކަން ގެއްލިއްޖެ. ރިސޯޓް ހެދިއަސް އެހާ ދިގުމުއްދަތަށް ރަށްތަށް ދޭކަށް ނުޖެހޭ. ރާއްޖޭން ބޭރުގެ ގައުމެއްތަ އެއީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ