ދެ ރައީސުން ވައްކަން ދިފާޢުކޮށް އަދީބު ފަދަ މުޖްރިމުން ހުދުކާފޫރަށް ހަދައިފި: ޖަމީލް

ދެރައީސުލް ވައްކަން ދިފާޢުކޮށް ޢަދީބުފަދަ މުޖުރިމުން ހުދު ކާފޫރަށް ހަދައިފިކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމިލް ވިދާޅުވެފައި ވަނީ ވެރިކަމާއި މަޖިލިސް ލިބުމުން އެމްޑީޕީގެ އަސްލު ސިފަ ފެނިއްޖެކަމަށާއި، ދެ ރައީސުން ވައްކަން ދިފާޢުކޮށް އަދީބު ފަދަ މުޖްރިމުން ހުދުކާފޫރަށް ހަދައިފިކަމަށެވެ. އަދި އެއީ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ނަގާ ނަމޫނާކަމުގައި ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޑރ. ޖަމީލް ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއަށާއި، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޖަމީލް ވިދާޅުވީ އެމްޑީޕީގެ ތިލަފަތުގެ އެއްކޮޅު ވަނީ ކެނެރީގެއަށް ގެނބި، އަދި އަނެއްކޮޅު ސިއްކަގެއަށް ގެނބި ހިއްލާނުލެވޭވަރުވެފައިކަމަށެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޙުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގެޔަށް ބަދަލުކޮށް ދީފައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށް ނުދިނުމާއި ގުޅިގެންނެވެ.

އެގޮތުން އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ޔާމިން ރޯދަމަހަށް ގެއަށް ބަދަލުކޮށްދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން އެދިފައެވެ. ނަމަވެސް ސަރުކާރުން ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރާނީ ޑޮކްޓަރުންގެ ލަފަޔަށް ބެލުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އަބްދުﷲ ޒިޔަތު ގޭ ބަންދަށް ބަދަލު ކުރީ އެ ދެ މީހުން ގޭބަންދުގައި ބަހައްޓަން ޑޮކްޓަރުން ލިޔުން ދިނުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރިން ވިދާޅުވެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. okޖަލުމީހާ

    ކޮންމެ ރޯދަމަހަކު އެންމެން ގެއަށް ޞބަދަލުކުރާނަމަ ޖަލަށް ހުކުމް ކުރުމުގެ ބޭނުމެއް ނެތް! ރޯދައަށް ޖަލުތައް ތަޅުލާ!!

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ