ޓެރަރިޒަމްގެގެ ތުހުމަތުގައި ދޫނިދޫގައި ބަންދުގައި ހުރި ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދު ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރު ބޭނުންކޮށްފައިވާކަމަށް ބުނާ ވާހަކަތައް ފުލުހުން ސާފުކޮށްދީފިއެވެ.
ފުލުހުން ވިދާޅުވީ، ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި އަޙްސަން މުޙައްމަދު، ގޮޅީގައި ހަރުކޮށްފައިހުރި ކެމެރާއަށް ނުފެންނަގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކުރުމާ ގުޅިގެން 2021 އޭޕްރީލް 11 ވަނަ ދުވަހު 20:00 އެހައިކަންހާއިރު އަޙްސަން މުޙައްމަދު ގޮޅިން ބޭރަށް ނެރެފައިވާކަމަށާއި، އަޙްސަން މުޙައްމަދު ގޮޅިން ނެރުމަށްފަހު ކެމެރާގައި އުނގުޅާފައިހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އަޙްސަން މުޙައްމަދަށް އަންގާފައިވާނެކަމަށެވެ.
ނަމަވެސް، ފުލުހުން ވިދާޅުވީ، ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އަޙްސަން މުޙައްމަދު ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް ތަފާތު އިންޒާރުތައްދީފައިވާކަމަށެވެ.
އަދި ޕެޕަރ ސްޕްރޭ ބޭނުންކޮށް އަހުސަނު މުހައްމަދު ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވާފައިވަނީ ސުލްހަވެރިކަމާއެކު ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެކަމަށް އަޙްސަން މުޙައްމަދު އިންކާރުކޮށް، އަޙްސަން މުޙައްމަދު ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގުމުންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި އެއަށްފަހު، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެ، އެރޭގެ ފަހުގެ ވަގުތެއްގައި ވަނީ ގޮޅިއަށް ވައްދާފައެވެ.
ފުލުހުން ވިދާޅުވީ، މިކަން ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނުނާއި ގަވާއިދާ އެއްގޮތަށްތޯ އާއި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިންތޯ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީ އަށް ހުށަހަޅައި ބަލަމުންދާކަމަށާއި، މިގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުލުހުން އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާއި ޚިލާފަށްކަމަށްވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.





ހިޔާލު
Mi gaumugai hamajehigen ulhen beynun. Terrorism ah ehves varakah hihvareh nudheynan. Somali, Iraq adhives e ulheni terrorism ge amalu thakaigen salaamaih nuve mulhi gaumu halaakah gos e othee. Mie dhivehin beynun vaa gotheh noon