ޑޮލަރު ދޭނެކަމަށްބުނެ ފައިސާ ނަގާ، ފިލައިގެން އުޅޭ މީހަކު ހޯދަނީ!

ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ފޮޓޯ ޢާއްމުކޮށް ފުލުހުން ޢާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މއ. ހަނީސަކްލް -1، ޙުސައިން ޝިފާޢު (35އ) ހޯދަން ފޮޓޯ ޢާއްމުކޮށްފައިވަނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ ކަމަށެވެ.

"ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން، ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މއ. ހަނީސަކްލް -1، ޙުސައިން ޝިފާޢު ފުލުހަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަން." ފުލުހުން ވިދާޅުވިއެވެ.

ޝިފާއު ހާޒިރުވުމަށް އަންގާފައުވަނީ 2021 ޖުލައި 10 ވަނަ ދުވަހުގެ 10:00 އަށްޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ