"ރާދޭ" ގެ ޓްރެއިލާ ދައްކާލައިފި!

ސަލްމާން ހާންގެ ކުރިއަށް އޮތް ފިލްމް "ރާދޭ: ޔުއާ މޯސްޓް އޯންޓެޑް ބާއި" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

"ރާދޭ" ގެ ޓްރެއިލާ މިއަދު ރިލީޒްކޮށްފައިވާއިރު، ޓްރެއިލާއިން ވަރުގަދަ އެކްޝަން މަންޒަރު ތަކެއް ފެނިގެންދެއެވެ. އެހެންކަމުން މިއީ އަނެއްކާވެސް ސަލްމާން ޙާންގެ ވަރުގަދަ ެއެކްޝަން މަންޒަރުތައް ފެނިގެންދާނެ ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ފޭނުން ބުނެއެވެ.

ޕްރަބޫ ދޭވާ ޑައިރެކްޓްކޮށްފައިވާ "ރާދޭ" ގައި ސަލްމާންގެ އިތުރުން ޖެކީ ޝްރޮފް އާއި ރަންދީޕް ހޫޑާ އަދި ދިޝާ ޕަޓްނީ މުހިއްމު ބައިތަކެއް ކުޅެފައި ވެއެވެ. މި ފިލްމްގައި ވިލަން ގެ ރޯލު ކުޅެފައިވަނީ ރަންދީޕް ހޫޑާ އެވެ.

އެންމެފުރަތަމަ މިދިޔައަހަރުގެ ފިތުރު އީދާއި ދިމާކޮށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ޝޫޓިންތައް ލަސްވެ ފިލްމް ރިލީޒް ކުރުން ފަސްކުރަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމާއި ގުޅިގެންނެވެ.

މިހާރު މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ ފިތުރު އީދު ދުވަސް ކަމުގައިވާ އަންނަ މޭ މަހުގެ 13 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ