ދެ ސައިކަލް ޖެހި ވެރިރަށް މާލޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ އެމްއެމްއެމްއޭ ކައިރީގައެވެ
ފުލުހުން ވިދާޅުވީ، މިރޭ 09:15 އެހާކަންހާއިރު ހިނގި މިއެކްސިޑެންޓުގައި، އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެއްސައިކަލު މަޑު ނުކޮށް އެސަރަޙައްދު ދޫކޮށްފައިވާކަމަށެވެ.
އަދި މިއެކްސިޑެންޓުގައި ދެ މީހަކަށް އަނިޔާވެފައިވާއިރު، އެ ދެމީހުނަށްވެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން މިހާރުދާކަމަށް ފުލުހުންވަނީ މަޢުލޫމާތު ދީފައެވެ.
ފުލުހުން ގެންދަނީ މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.



