އެމްއެމްޕީއާރުސީގެ މައްސަލާގައި ބައެއް މެންބަރުންގެ ގޮނޑި ގެއްލިދާނެ: ނަޝީދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ބައެއް މަޖްލިސް މެންބަރުންގެ ގޮނޑު ގެއްލިދާނެކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްވައިފިއެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ޚިޔާނާތާއި ގުޅިގެން 270 މީހަކަށް ދައުވާ ކުރުމަށް މިހާރު ވެސް ފާހަގަ ކުރެވިފައިވާކަމަށާއި، އެމައްސަލައިގެ ތެރޭގައި ބައެއް އިއްޒަތްތެރި މެންބަރުންގެ ގޮނޑިފުޅު ގެއްލިދާނެކަމަށެވެ. އަދި ބައެއް ބޭފުޅުންގެ މަގާމުވެސް ގެއްލިދާނެކަމަށާއި ދެންތިބި މީހުންނަށް އިތުރު އެހެން ގޮތްގޮތް ވެދާނެކަމުގައިވެސް ރައީސް ނާޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނާޝީދު ވަނީ ޚިޔާނާތާއި ގުޅުން ހުރި ދަޢުވާތައް ކުރިޔަށް ގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިސަރުކާރު އައީ އަދި ޖަޖްލިސްވެސް އުފެދިފައިވަނީ އެ މަސައްކަތް ކުރުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އޮތް ހިސާބެއް ބެއްލެވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކަށް ސިތީ ފުޅެއްވެސް ފޮނުވާފައެވެ.

ޚިޔާނާތުގެ މައްސަލަ ތަޙްޤީޤު ކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކާއި އެކު ރިޔާސީ ކޮމިޝަން ބައިވެރިވެ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް 267 މީހެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާކަމަށެވެ.

އޭރު ހާމަކުރައްވާފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެންބަރަކާއި އަދި ކުރީގެ 44 މެންބަރަކާއި، މި ސަރުކާރުގެ 7 ބޭފުޅަކާއި، ކުރީގެ ސަރުކާރުތަކުގައި އިސްމަޤާމްތަކުގައި އުޅުއްވާފައިވާ 30 ފަރާތެއް ހިމެނެއެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި 5 މެންބަރަކާއި، 5 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ޚިދުމަތުގެ ތެރޭގައި އުޅުއްވި ފަރާތްތައް ވެސް މިމައްސަލާގައި ހިމެނިފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މަނީ ލޯންޑަރިންގެ މައްސަލަ ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލް ޤައްޔޫމަށް ވަނީ 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއްވެސް އިއްވާފައެވެ. އަދި އެމަނިކުފާނު5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

މީގެ އިތުރު ން ޚިޔާނާތުގެ މައްސަލާގައި އޭރުގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށްވެސް ވަނީ ޙުކުމްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    MMPRC ge massala beleema Majlis Raees Anni ge gondi gelleyne.

    Ekamaa alhugandu shakku nukuran.

    MMPRC emme bodu manfaa negee.

    QA vikkaali deal ge muguluga huree #AnniBro @MohamedNasheed

    @AdduShareef @aliaazim @evattey #MMPRC

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ