ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ފަޅާލައި ވައްކަންކުރި މައްސަލާގައި 3 މީހަކު ޙައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އާރުޑީސީ ވައްކަމުގެ ދެ މައްސަލައާއި ގުޅިގެން 25 އޭޕްރީލް ވީ ދުވަހު ތިން މީހަކު ޙައްޔަރުކޮށްފައިވާކަމަށެވެ. އަދި މިތިން މީހުންވެސް ޙައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
އެގޮތުން މިމައްސަލާގައި ޙައްޔަރުކުރެވިފައިވަނީ މީހުންގެ އުމުރަކީ 25 އަހަރު، 31 އަހަރު 33 އަހަރެވެ. އަދި މިއެންމެންނަކީވެސް ފިރިހެނުންކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި ތިން މީހުންގެ ބަންދަން މިހާރު 10 ދުވަސް ޖަހާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އޯކިޑު މަގުގައި ހުންނަ މޯލްޑިވްސް ޝިޕިންގް ލިމިޓެޑުގެ އިމާރާތުގައި ހިންގާ އާރުޑީސީގެ އޮފީސް މިމަހު ދެފަހަރެއްގެ މަތިން ފަޅާލައި ވައްކަންކޮށްފައިވާއިރު، ފުރަތަމަ ފަހަރުވަނީ 100،000ރ. ވަގަށް ގެންގޮސްފައެވެ. އަދި ދެވަނަ ވައްކަމުގައި ވަގުން ގެންގޮސްފައި ވަނީ އެންމެ 3000ރ. އެވެ.
މިމައްސަލައާއި ގުޅިގެން އާރްޑީސީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝުހާދު ވިދާޅުވެފައިވަނީ ވައްކަން ހިނގާފައިވާ ގޮތް މިހާތަނަށް އެނގިފައިނުވާކަމަށާއި، ނަމަވެސް "ވައްކަމުގެ ވާހަކަ އަޑުއިވިފައިވާ" ކަމަށެވެ.
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



