ނޫސްވެރިންނަށް އައުގުރާނަ ގޮވި ފުލުސް މީހާ - ފޮޓޯ: މީސްމީޑިއާ

ފުލުހުން ނޫސްވެރިންނަށް އައުޤުރާނަ ގޮވާ އަނިޔާކޮށްފި

ފުލުހުން ނޫސްވެރިންނަށް އައުޤުރާނަ ގޮވާ އަނިޔާކޮށްފިއެވެ.

ފުލުހުން ނޫސްވެރިންނަށް އަނިޔާކޮށްފައިވަނީ މަސައްކަތު މާޙައުލުގައި ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާ އާ ދެކޮޅަށް އަޑު އުފުލުމަށް މާލޭގައި ޒުވާނުން މިރޭ ބޭއްވި އެއްވުމުގެ ތެރެއިންނެވެ.

އެގޮތުން ބައެއް ނޫސްވެރިން ބުނީ، މިރޭގެ އެއްވުމުގެ ތެރެއިން ހާލަތާއި ނުގުޅޭ ބާރުގެ ބޭނުންކޮށް ބިޑި އަޅުވާ ފުލުހުން ވަރަށް އަނިޔާކޮށްފައިވާކަމަށެވެ. އަަދި މިއީ ބަލައި ގަނެވޭނެކަމެއް ނޫންކަމަށްބުނެ ފުލުހުންގެ މިޢަމަލުތައް ނޫސްވެރިންވަނީ ކުށްވެރިކޮށްފައެވެ.

މިރޭގެ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި އަވަސް އޮންލައިންގެ ފޮޓޯގްރާފަރު އަޝްހާދު ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި، މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން އަންހެން ބައިވެރިން ވައްޓާ އަނިޔާކޮށްފައިވާކަމަށެވެ. އަދި އޭނާއާއި ދިމާއަށް ފުލުހުން އައުގުރާނަ ގޮވާފައި ކަމަށް އޭނާ ބުންޏެވެ.

ޒުވާނުން މިރޭ ބޭއްވި އެއްވުން ފުލުހުން ހުއްޓުވުމާއި ގުޅިގެން އަޝްހާދު ބުނީ، ދިވެހިރާއްޖޭގެ ޤާނޫނުގެ ތެރެއިން އަޑުއުފުލުމުގެ މިނިވަންކަން ޒުވާނުންނަށްވެސް އޮންނަންވާނެކަމަށާއި، އެއްވުންތައް ބޭއްވުމަކީ ހަމައެކަނި ސިޔާސީ ޕާޓީތަކަށް އޮންނަންވާނެ ޙައްޤެއް ނޫންކަމަށެވެ.

މިރޭ ކުރިއަށް ދިޔައީ ސުލްހަވެރި އިހުތިޖާޖެއް ނަމަވެސް ފުލުހުން ވަނީ މުޒާހަރާގެ އަންހެން ބައިވެރިން ބިންމައްޗަށް ވައްޓާލައި ވަރަށް އަނިޔާވެރިކޮށް އަމަލުކޮށްފައެވެ. އަދި އެ މަންޒަރު ނަގަން މަސައްކަތް ކުރި ނޫސްވެރިންނަށްވެސް ފުލުހުން ހުރަސް އެޅިއެވެ.

މިރޭ ފުލުހުންގެ ޢަމަލުތައް ހުރި ގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ފިރިހެން ފުލުހަކަށް އަންހެން ފުލުހަކު ހައްޔަރު ނުކުރެވޭނަކަމަށް ސަންގު ޓީވީގެ ނޫސްވެރިޔާ މާތުވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
1212
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ