ކަމަދޫ ކައުންސިލުގެ މިހާރުގެ ރައީސް ސާޖިދު ރައީސް ޞޯލިޙް އަރިހުގައި - ފޮޓޯ: ރައީސް އޮފީސް

ކަމަދޫ ކައުންސިލްގެ ރައީސްކަމަށް ސާޖިދު އިންތިޚާބުކޮށްފި

ބ.ކަމަދޫ ކައުންސިލްގެ ރައީސްކަމަށް އެ ކައުންސިލްގެ އެމްޑީޕީ މެންބަރު އަޙްމަދު ސާޖިދު އިންތިޚާބު ކޮށްފިއެވެ.

ސާޖިދު ކަމަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބު ކޮށްފައިވަނީ، އުއްމީދު ކުރި ގޮތަށް ކައުންސިލުގެ މަސައްކަތްތައް ކުރިއަށް ނުދާ ކަމަށް ބުނެ ބ. ކަމަދޫ ކައުންސިލުގެ ރައީސް އަޙްމަދު ސަމީރު އިސްތިއުފާ ދެއްވުމާއި ގުޅިގެން މިމަހުގެ 13 ވަނަ ދުވަހުގެރެއެވެ.

އެ ކައުންސިލްގެ ރައީސްކަމަށް ސާޖިދު އިންތިޚާބު ކުރުމުގެ އިތުރުން ނައިބު ރައީސަކަށް އިންތިޚާބު ކޮށްފައިވަނީ ކައުންސިލްގެ ރައީސްކަމުން އިސްތިއުފާ ދެއްވި އަޙްމަދު ސަމީރެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވި އަޙްމަދު ސާޖިދަކީ ނިމިދިޔަ ވެރިކަމުގައި އެކި ސަބަބުތަކާ ގުޅިގެން ތަކުރާރުކޮށް ސަސްޕެންޑްކޮށްފައިވާ ކައުންސިލަރެކެވެ.

އަޙްމަދު ސާޖިދަކީ 2017 އޮގަސްޓް 19 ދުވަހު ބޭއްވި ކަމަދޫ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބުކޮށް 2017 ސެޕްޓެމްބަރު 14 ވަނަ ދުވަހު ކައުންސިލް މެންބަރުކަމުގެ ހުވާކުރެއްވި އެމްޑީޕީގެ ކައުންސިލަރެކެވެ.

ކަމަދޫ ކައުންސިލަކީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ. އެގޮތުން އެ ކައުންސިލުގައި ތިއްބަވަނީ އެމްޑީޕީގެ ދެ މެމްބަރުންނާއި ޕީޕީއެމްގެ މެމްބަރެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ