"ހައުސް އޮފް ޑްރެގަންސް" ފުރަތަމަ ފެނިލުން ދައްކާލައިފި!

2019 ވަނަ އަހަރު ނިއްމާލި ކާމިޔާބު ޓީވީ ޝޯ "ގޭމް އޮފް ތްރޯންސް"ގެ ޕްރީކުއަލް ސީރީޒް "ހައުސް އޮފް ޑްރެގަންސް"ގެ ޝޫޓިންގެ ތެރެއިން ސީރީޒްގެ ބައެއް ކެރެކްޓަރ ތަކުގެ ފުރަތަމަ ފެނިލުން ދައްކާލައިފިއެވެ.

މި ފޮޓޯތައް ހިއްސާކޮށްފައިވަނީ، މި ސީރީޒްގެ އޮފިޝަލް ޓްވީޓައި އެކައުންޓުންނެވެ. މި ފޮޓޯތަކުން އެކްޓަރުން ކެރެކްޓަރ ގައި ފެނިގެންދާ ގޮތް ފެނިގެންދެއެވެ.

އެޗްބީއޯ އިން ގެނެސްދޭ މި ސީރީޒްގެ މަސައްކަތް ފަށައިފިކަން އެޗްބީއޯ އިން މީގެ ކުޑަދުވަސްކޮޅެއް ކުރިން ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.

"ހައުސް އޮފް ޑްރެގަންސް"އަކީ "ގޭމް އޮފް ތްރޯންސް"ގެ ދުވަސްތަކުގެ 300 އަހަރު ކުރިއަށް ޖެހިލާ "ޓާރްގޭރިއަންސް" އާއިލާގެ ދުވަސްތައް ދައްކުވައިދޭނެ ފިލްމެކެވެ.

ކޮވިޑް-19 ގެ ސަބަބުން މި ސީރީޒްގެ މަސައްކަތް ލަސްވެފައިވާއިރު، ސީރީޒް ދައްކަން ފަށާނެ ދުވަހެއް އަދި ޔަގީނެއްނުވެއެވެ. ނަމަވެސް10 އެޕިސޯޑު ހިމެނޭ މި ސީރީޒް ބެލުންތެރިންނާއި ހިސާބަށް އަންނާނީ 2022 ވަނަ އަހަރު ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ