އިސްރާއިލުން ބަޑި ޖަހައި ފަލަސްތީނުގެ ކުޑަކުއްޖަކު މަރާލައިފި

އިސްރާއިލު ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ކުޑަކުއްޖަކު މަރާލައިފިއެވެ.

ބަޑިޖެހުމުގެ ސަބަބުން މަރުވެފައިވަނީ އުމުރުން 16 އަހަރުގެ ސައީދު ޔޫސުފް މުހައްމަދު ނަމަކަށްކިޔާ ފިރެހެން ކުއްޖެކެވެ.

އިސްރޭލު ސިފައިން މި ކުޑަކުއްޖާ މަރާލައިފައިވަނީ ހުޅަނގު އައްސޭރިގައި ހިނގި ހަމަނުޖެހުންތަކެއްގައި މިކުއްޖާގެ ބުރަކައްޓަށް ދެފަހަރު ބަޑި ޖެހުމަށްފަހުއެވެ.

މީގެއިތުރުން އިސްރާއިލް ސިފައިންވަނީ މިކުއްޖާއަށް ސިއްހީ ފަރުވާދިނުމަށް އައި އެމްބިއުލާންސް މިކުއްޖާއާއި ހަމައަށް ދިޔަ ނުދީ 15 މިނެއްޓު ހިފަހައްޓައިފައެވެ. ހޮސްޕިޓަލައް ގެންދިޔައިރުވެސް މިކުއްޖާ މަރުވެފައިވާކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

ބުދަދުވަހުގެ ރޭ ހިނގި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ކުޑަކުއްޖަކު މަރާލުމުގެ އިތުރުން އިސްރާއިލް ސިފައިންވަނީ ފަލަސްތީނުގެ އިތުރުކުއްޖަކަށްވެސް ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ގުދުސްގައި ރޯދަމަހުގެ ކޮންމެ ރެޔަކުވެސް އައްނަނީ މިފަދަ ހަމަނުޖެހުންތައް ހިނގަމުންނެވެ. މީގެއިތުރުން އިސްރާއިލް ސިފައިން އައްނަނީ އަގްސާ މިސްކިތުގައި ފަލަސްތީނު މީހުން އަޅުކަން ކުރަން ހުރަސް އަޅަމުންނެވެ.

މިލިޔުން ކިޔާލުމުން
101
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ