ފަތުރުވެރިންތަކެއް އެއާޕޯޓް އެރައިވަލް ޓާމިނަލުން ނުކުމެގެން ދަނީ - ފޮޓޯ: ސަން

ދެކުނު އޭޝިއާއިން ދަތުރުކުރުމުގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފި

ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓުރޯލްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކައުތެރިކަމަށްޓަކައި ދެކުނު އޭޝިއާގެ ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުމާއިގުޅޭ ހާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ގެޒެޓްކުރި އެންގުމެއްގައި ބުނެފައިވަނީ ދެކުނު އޭޝިއާގެ ގައުމުތަކުންނާއި ސަރަހައްދުތަކުން ރާއްޖެ އެތެރެވާ ފަތުރުވެރިންނާއި ވާރކްޕާމިޓް ހޯލްޑަރުން ތިރީގައިވާ ގޮތްތަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

1- ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން.
2- ދެކުނު އޭޝިއާގެ ޤައުމުތަކާއި ސަރަޙައްދުތަކުން ވާރކްޕާރމިޓް ހޯލްޑަރުން ދިވެހިރާއްޖެއަށް އެތެރެވުން ހުއްޓައިލުން

މަތީގައިވާ ފިޔަވަޅުތައް އެގޮތަށް އެޅުމަށް އަންގައިފައި ވިޔަސް، ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް އަންގާ ގޮތެއްގެމަތިން ޢަމަލުކުރެވޭނެއެވެ.

އަދި އިސްވެ ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށްވެސް މި އެންގުމުގައި ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ