ޝާހީ ދިރުއުޅުމަކީ އުފާވެރި ދިރިއުޅުމެއް ނޫންކަމަށް އަންގައިދީ އެކަމަށް ލޯ ހުޅުވަދިނީ އަނބިކަނބަލުން މޭގަން މާކަލް ކަމަށް ޕްރިންސް ހެރީ ބުނެފިއެވެ.
ޑޫކް އެންޑް ޑަޗެސް އޮފް ސަސެކްސް، ޕްރިންސް ހޭރީ އާއި މޭގަން މާކެލް، އެފަރާތްތަކުގެ ޝާހީ މަޤާމުގެ މަސްއޫލިއްޔަތަށް ދުވަހަކުވެސް އެނބުރި ދެން ނުދާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފިއެވެ. އަދި އެއަށްފަހު މަޝްހޫރު ޓޯކް ޝޯ ހޯސްޓް އޯޕްރާ ވިންފްރޭއަށް މި ދެމަފިރިން ދިން އިންޓަވިއުއެއްގައި ޝާހީ އާއިލާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ސިއްރަތެކެއް ވަނީ ފަޅާއަރުވާލައިފައެވެ.
ޕްރިންސް ހެރީ ޝާހީ އާއިލާއާއި ދެކޮޅަށް ވާހަކަދެއްކުމުން ބައެއް މީހުން ވަނީ އެކަމަގެ ފަަހަތުގައި ހުރީ މޭގަން ކަމަށް ބުނަމުންނެވެ.
ޕްރިންސް ހެރީ ދިން ޕޮޑްކާސްޓް އިންޓަވިއެއްގައި ވާހަކަދައްކަމުން ބުނީ، އަންހެނުން މޭގަންގެ ވިސްނުން ވަރަށް ފުރިހަމަކަމަށެވެ. އެގޮތުން އޭނާ ދެކޭގޮތުގައި ޕްރިންސަސް އަކަށް ކޮންމެހެން ވާން ނުޖެހޭނެކަމަށާއި، ޕްރިންސަސްއެއްގެ ދިރިއުޅުމަށްވުރެ މާ ރަނގަޅު ދިރިއުޅުމެއް އަމިއްލައަށް އުފެއްދޭނެކަމަށެވެ. އަދި ހެރީ ބުނިގޮތުގައި، މޭގަންގެ ސަބަބުން ޝާހީ ދިރިއުޅުއްވުމާއި ގުޅޭގޮތުން އޭނަގެ ވިސްނުން އެއްކޮށް ބަދަލުވިއެވެ.
މީގެ އިތުރުން ގަނޑުވަރެއްގައި އުޅުމަކީ، ޖަނަވާރުންތަކެއް ޒޫއެއްގައި އުޅުންފަދަ ކަމެއް ކަމުގައި، ހެރީ ވަނީ ފާހަގަކޮށްފައެވެ.




