އިނގިރޭސި ރާނީ އެލިޒަބެތު ދެވަނައިގެ މާމަ ދަރިކަލުން ޕްރިންސް ހެރީ އާއި އެމެރިކާގެ ފިލްމީތަރި މޭގަން މާކްލްގެ ކައިވެންޏަށް 3 އަހަރު ފުރިއްޖެއެވެ.
މި ތިން އަހަރު ތެރޭގައި މި ދެމަފިރިންގެ ދިރިއުޅުމަށް އެތައް ބަތަލުތަކެއް އައިސްފައިވާއިރު، އޭގެތެރޭގައި އެންމެ ބޮޑު ބަދަލަކަށް ހިމެނެނީ ދެ މީހުންވެސ ޝާހީ އާއިލާގެ ޒިންމާތަކާއި ދުރުވެވަޑައިގެން އަމިއްލަ ދިރިއުޅުމެއް ފެއްޓެވުމެވެ.
މި ދެމަފިރިންގެ ކައިވެންޏަށް މިހާރު ދެވަނަ ދަރިއަކު ލިބެން އުޅޭއިރު، ލިބެން އުޅެނީ އަންހެން ކުއްޖެއްކަންވެސް ވަނީ އިއުލާންކޮށްފައެވެ. ހެރީ އާއި މޭގަންގެ ދޮށީ ދަރިފުޅު އާޗީ އަށް މިހާރު ވަނީ 2 އަހަރު ފުރިފައެވެ.

މޭގަން އާއި ހެރީއަށް ދެވަނަ ދަރިއަކު ލިބެންއުޅޭއިރު، މިއީ އާޗީ ލިބުނު ފަހުން މޭގަން ބަލިވެ އިން ދެވަނަ ފަހަރެެވެ. މޭގަން ދެވަނަ ފަހަރަށް ބަލިވެ އިންއިރު، ބަލިވެ އިންދާ ބައިގެން ދިޔަކަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި ދެމަފިރިން ވަނީ ހާމަކޮށްފައެވެ.
ޕްރިންސް ހެރީ އާއި މޭގަން ޝާހީ އާއިލާގެ ޒިންމާތަކުން އެކަހެރިވެ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގެ ކެލިފޯނިއާގައެވެ.



