ކާޑޭޝިއަން އާއިލާއިން އާ ރިއަލިޓީ ޝޯއެއް ފަށަނީ!

ކާމިޔާބު 20 ސީޒަނަށް ފަހު، މަޝްހޫރު ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތް" ކާޑޭޝިއަން މިއަހަރު ނިއްމާލާއިރު، ކާޑޭޝިއަން އާއިލާއިން އަނެއްކާވެސް އާ ރިއަލިޓީ ޝޯއަކުން ފެންނާނެކަން އިއުލާންކޮށްފިއެވެ.

"ހުލޫ" އިން ސްޓްރީމް ކުރާ މި އާ ރިއަލިޓީ ޝޯ ވާހަކަ އެންމެ ފުރަތަމަ ދައްކާފައިވަނީ ކްރިސް ޖެނާ އެވެ.

މި އާ ރިއަލިޓީ ޝޯ ހުލޫ މެދުވެރިކޮށް ގެނެސްދޭނެ ކަން ކްރިސް ޔަގީންކޮށްދީފައިވާއިރު، މި ޝޯއިންވެސް ކާޑޭޝިއަން އާއިލާގެ މެންބަރުން ކަމުގައިވާ، ކިމް ކާޑޭޝިއަން، ކޯޓްނީ ކާޑޭޝިއަން، އަދި ކްލޯއީ ކާޑޭޝި އަންގެ އިތުރުން، ކައިލީ އާއި ކެންޑަލް ޖެނާވެސް ފެނިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކްރިސް މި އާ ސީރީޒް އާއި ބެހޭގޮތުން ވާހަކަ ދައްކަމުން ބުނީ، މިއީ އެ އާއިލާގެ އާ ފަލްސަފާއެއް ކަމަށެވެ. އެގޮތުން އާއިލާއެއްގެ ގޮތުގައި  ކުރިއަރައިގެން އަންނަ ގޮތާއި، ފޭނުން އެންމެ ފުރަތަމަވެސް ބޭނުންވިގޮތަށް އާއިލާއެއްގެ ގޮތުގައި ފެނިގެންދާނެކަމަށެވެ. ނަމަވެސް އިތުރު ސަޕްރައިޒްތަކެއްވެސް ހިމެނޭނެކަމަށް ކްރިސް ފާހަގަކޮށްފައިވެއެވެ.

14  އަހަރުވަންދެން މަޤުބޫލުކަމަށް ފަނޑުކަމެއް ނައިސް ކުރިއަށް ގެންދިޔަ "ކީޕިން އަޕް ވިތް ކާޑޭޝިއަން"ގެ ފަހު ސީޒަންގެ ފަހު އެޕިސޯޑުތައް މިހާރު އަންނަނީ ދައްކަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ