ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ މިވަނީ ވަރަށް ތަފާތުކަމެއް ކޮށްފައެވެ. އެގޮތުން ފޮޓޯ ޝޫޓެއްގެ އެންޖެލީނާ މިވަނީ 18 މިނެޓް ވަންދެން ގައިގައި ކުޅަނދުރު ޖައްސުވައިގެން އިނދެ ވަރަށް ތަފާތު ފޮޓޯއެއް ނަގައިފައެވެ.
މިއީ މެއި 10 ގައި ފާހަގަކުރި ދުނިޔޭގެ ކުޅަނދުރު ދުވަސް ނުވަތަ "ވޯލްޑް ބީ ޑޭ" ގައި، ކުޅަނދުރަށް އަޅާލާ ރައްކާތެރިކަން ފޯރުކޮށްދިނުން ޕްރޮމޯޓްކުރުމުގެ ގޮތުން "ނޭޝަނަލް ޖިއޮގްރެފިކް" މެގެޒިން އާއެކު އެންޖެލީނާ ކުރި މަސައްކަތެކެވެ.
މި ހާއްސަ ފޮޓޯ ޝޫޓު ކުރިއަށް ގެންދިއުމަށް، 18 މިނެޓް ވަންދެން 100 އަށްވުރެ ގިނަ ކުޅަނދުރު ގައިގައި ޖައްސުވައިގެން އެންޖެލީނާ އިންނަން ޖެހުނު ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ.
މި ފޯޓޯތައް މިހާރު އާއްމުންގެ ތެރޭގައި ވައިރަލްވެފައިވާއިރު، ފޮޓޯތަކުގައި އެންޖެލީނާ ފެނިގެންދަނީ ކުޅަނދުރުތަކާއެކު ވަރަށް ހަމަޖެހިލައިގެން އިންނަ މަންޒަރަވެ.
Angelina Jolie is working with UNESCO and Guerlain on a Women for Bees initiative that will ultimately build 2,500 bee hives and restock 125 million bees by 2025—while training and supporting 50 women beekeepers in their own operations. #WorldBeeDay https://t.co/qWPYjw3Ox3 pic.twitter.com/SEv0qojPUP
— National Geographic Magazine (@NatGeoMag) May 20, 2021
މި ފޮޓޯ ޝޫޓަކީ، މަޝްހޫރު ޕޮޓްރެއިޓް ފޮޓޯގްރަފާ ރިޗާޑް އެވެޑަން 1981 ވަނަ އަހަރު ހަމަ މިގޮތަށް ނަގައިފައިވާ ފޯޓޯ" ދަ ބީކީޕަރ" އިން އިންސްޕަޔަރ ވެގެން، މަޝްހޫރު ފޮޓޯގްރަފަރ ޑޭން ވިންޓާސް ކުރިއަށް ގެންގޮސްފައިވާ ފޮޓޯ ޝޫޓެކެވެ. ޑޭން ބުނެފައިވާ ގޮތުގައި، މި ފޮޓޯގެ އަސްލު ނަތީޖާ ނެރުމަށް އޭނާވެސް ބޭނުންކުރީ މީގެ 40 އަހަރު ކުރިން އެވެޑަން ބޭނުންކުރި ޓެކްނިކް އެވެ.
ޑޭން ބުނިގޮތުގައި، މިގޮތަށް ފޮޓޯ ޝޫޓް ކުރިއަށްގެންދިއުމުގެ ހިޔާލު އައީ ކުޅަނދުރު ބަލަހައްޓާ އޭނަގެ ރައްޓެއްސެއް މިކަމަށް ހަމަޖެއްސި ހިސާބުންއެވެ. އެގޮތުން އޭނަގެ ރަހްމަތްތެރިއާ ވަނީ، މީގެ 40 އަހަރު ކުރިން ފޮޓޯގްރަފަރ އެވެޑަން އެގޮތަށް ނަގާފައިވާ ފޯޓޯގައި ކުޅަނދުރުތަކުގެ ބިހޭވިއަރ ކޮންޓްރޯލުކުރުމަށް އުފެއްދި ހާއްސަ "ފެރެމޯން" ކަމުގައިވާ "QMP" އުފެއްދި ސައިންޓިސްޓާއި ވާހަކަ ދައްކާފައި އެވެ. އަދި އެ ސައިންޓިސްޓް ވަނީ އެ ފޮޓޯޝޫޓުގައި ބޭނުންކުރި ފެރެމޯން، "QMP"ގެ މިންވަރެއް ބޭނުންކުރުމަށް ދީފައިކަމަށް ޑޭން ބުނެފައިވެއެވެ.
ފެރެމޯން އަކީ، ޖަނަވާރުންގެ ބިހޭވިއަރ ބަދަލުކުރުމަށް އެއެއްޗެހި އުފައްދާ ކެމިކަލްއަކަށް ކިޔާ ނަމެކެވެ. ޑޭން ބުނިގޮތުގައި، މި ފޮޓޯޝޫޓުކުރިއަށް ގެންދިއުމަށް އެންޖެލީނާ ފިޔަވާ އެތާގައި ހަރަކާތްތެރިވި އެހެން މީހުން ހުރީ ކުޅަނދުރުން ރައްކާތެރިވުމަށް ސޫޓެއް ލައިގެން ކަމަށެވެ. އަދި އޭނާ ބޭނުންވާތަނުގައި ކުޅަނދުރު ޖެއްސުމަށް އެންޖެލީނާގެ ގައިގައި ފެރެމޯން އުނގުޅީ ޑޭންގެ އަތުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ކާމިޔާބު ކަމާއެކު މި ފޮޓޯޝޫޓް ނިއްމާލިއިރު، އެންޖެލީނާގެ ގައިގައި އެއްވެސް ކުޅަނދުރެއް ނުހަފައެވެ.




