ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ޑްވޭން ޖޯންސަން(ރޮކް) ގެ ކުރިއަށް އޮތް ފިލްމް "ޖަންގަލް ކްރޫޒް" ގެ އާ ޓްރެއިލާއެއް ދައްކާލައިފިއެވެ.
ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމްގައިރޮކް އާއެކު ކުޅަދާނެ އަންހެން ބަތަލާ އެމެލީ ބްލަންޓްވެސް ފެނިގެންދާނެއެވެ.
ފިލްމްގެ ޓްރެއިލާއިން ޝައުގުވެރި، އެޑްވެންޗެރަސް، އަދި ހެއްވާ މަންޒަރުތަކެއް ފެނިގެންދެއެވެ.
މި ފިލްމްގައި ރޮކް ފެނިގެންދާނީ ފްރޭންކް ވޯލްފް ނަމަކަށް ކިޔާ ބޯޓު ކެޕްޓަނެއްގެ ރޯލުންނެވެ. އަދި އެމެލީ ފެނިގެންދާނީ ރިސާޗަރއެއް ކަމުގައިވާ، ޑރ. ލިލީ ހައުޓެންގެ ގޮތުގައެވެ.
މި ފިލްމްގައި ދައްކުވައިދޭނީ، ކަމެއްގެ ހަޤީގަތް ހޯދުމަށް މި ދެމީހުން އެމޭޒަން ޔަންގަލީގައި ކުރާ އެޑްވެންޗަރަސް ދަތުރެވެ.
ޖުލައި 30 ގައި މި ފިލްމް ތިއޭޓަރ ތަކުގައި އަޅުވާއިރު، ހަމަ އެ ދުވަހު ގޭގައި ހުރެގެން މި ފިލްމް ޑިޒްނީ ޕްލަސް އިންވެސް ބަލައިލެވޭނެއެވެ.



