ގިނަ ދުވަސްތަކުގެ އިންތިޒާރަކަށްފަހު ދިވެހި ފިލްމް "ލީނާ" ބެލުންތެރިންނާއި ހަމައަށް ގެނެސްދޭނެ ތަރީހު ހާމަކޮށްފިއެވެ. ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ފުރަތަމަ ފަހަރަށް ޑައިރެކްޓް ކުރާ ފީޗާ ފިލްމް "ލީނާ" ސިނަމާއަށް ގެންނަން ނިންމައިފިވަނީ އަންނަމަހު 23 ގައެވެ.
"ލީނާ" އަކީ މީގެ އަހަރުތަކެއް ކުރިން ވިޔަފަރިވެރިންގެ ޖަމިއްޔާގެ ފާހަނާ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އެ ޖަމިއްޔާގެ ސެކެރެޓަރީ އަޒްލީނާ ނަފީސް ގެ މަރުގެ ހާދިސާއިން އިންސްޕަޔާރ ވެގެން މުއާ ތައްޔާރުކުރި ފިލްމެކެވެ. މި ފިލްމުގައި ލީނާގެ ރޯލް އަދާ ކުރާނީ ފަހުގެ ދިވެހި ގިނަ ފިލްމުތަކުގައި ބޮޑު މަޝްހޫރުކަމެއް ހޯދަމުން އަންނަ ފިލްމީ ތަރި މަރިޔަމް އައްޒަ އެވެ. އަދި އަޒްލީނާގެ ގާތިލްގެ ރޯލު އަދާ ކުރާނީ ފިލްމުގެ ޑައިރެކްޓަރ އަބްދުﷲ މުއާޒް (މުއާ) އެވެ.
Leena - Teaser Trailer"We all have our dreams" - Here is the official teaser trailer of Leena #Leena #April2019 #AnInnocentGirl
Posted by Leena on Thursday, 31 January 2019
މީގެ އިތުރުން މި ފިލްމުން ފެނިގެންދާނެ ތަރިންނަކީ އަލީ އާޒިމް (ދޮންއައްޔަ)، ނުޒުހަތު ޝުއައިބް (ނުޒޫ)، ޒީނަތު އައްބާސް، އަހުމަދު އީސާ (އާނަންދު)، މަރިޔަމް ހަލީމް، އަހުމަދު ނިމާލް އަދި އަހުމަދު ސައީދު ފަދަ ކުޅަދާނަ ތަރިންނެވެ.
މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައި ވަނީ އއ.އުކުޅަހުގައެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމަކީ ރީތި އަދި އެހެން ފިލްމު ތަކަށް ގޮން ޖަހާލައި ބެލުންތެރިންގެ މަގުބޫލުކަންހޯދާނެ ފިލްމެއްކަމަށް ގަބޫލުކުރެވެއެވެ.




