ކުރިއަށް އޮތް "ސްޕައިޑަމޭން" ފިލްމްގައި އެމާ ސޮޓޯންއެއް ނުފެންނާނެ!

ސޮނީ އާއި ޑިޒްނީއިން އުފައްދާ މާވެލްގެ ސިނަމެޓިކް ޔުނިވާރސްގެ ތެރެއިން ގެނެސްދޭ "ސްޕައިޑަމޭން" ގެ ތިން ވަނަ ފިލްމް، "ސްޕައިޑަރ މޭން: ނޯ ވޭ ހޯމް" ގައި އެމާ ސްޓޯން ނުފެންނާނެކަން އޭނާ ކަށަވަރުކޮށްދީފިއެވެ.

މި ފިލްމްގެ ވާހަކަ މޭވެލް އިން އިއުލާންކުރި ހިސާބުން، ސޮނީގެ ކުރީގެ ސްޕައިޑަރމޭން ފިލްމްތަކުގައި އެ ރޯލު އަދާކުރި އެކްޓަރު ޓޯބީ މެގުއައޭ އާއި އެންޑްރޫ ގާރފީލްޑް މި ފިލްމަށް، އެނބުރި އަންނާނެކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.

ސޮނީ އިން 2012 އަދި 2014 ވަނަ އަހަރު ނެރުނު "އެމޭޒިން ސްޕައިޑަމޭން" ފިލްމްގައި އެމާ ސްޓޯން ވަނީ "ގްވެން ސްޓޭސީ"ގެ ރޯލު އަދާކޮށްފައެވެ. އަދި މިއަހަރު ރިލީޒްކުރާ "ސްޕައިޑަރ މޭން: ނޯ ވޭ ހޯމް" ގައި އެމާ ސްޓޯން ވެސް މި ރޯލުން ފެނިގެންދާނެ ކަމަށް އަޑު ފެތުރުނެވެ.

ނަމަވެސް ދާދިފަހަކުން އެމާ ދިން އިންޓަވިއުއެއްގައި މި ހަބަރު ވަނީ ދޮގުކޮށްފައެވެ. އެމާ މި ވާހަކަ ދޮގުކޮށްފައި މިވަނީ، އެމާ އާއެކު  "އެމޭޒިން ސްޕައިޑަމޭން"ގައި ސްޕައިޑަމޭންގެ ރޯލު އަދާކުރި އެންޑްރޫވެސް މި ފިލްމަށް އެނބުރި އަންނަކަމަށް ފެތުރި ހަބަރު ދޮގުކޮށްފައި ވަނިކޮށެވެ.

މި ވާހަކަތަކާއި ގުޅޭގޮތުން މާވެލް އަދި ސޮނީއިން އަދި އެއްވެސް އަދި ބަހެއް ނުބެނެއެވެ.

"ސްޕައިޑަރ މޭން: ނޯ ވޭ ހޯމް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޑިސެމްބަރު 17 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ