މެއި މަހުގެ 27 ގައި ދެއްކި "ފްރެންޑްސް"ގެ ރީޔުނިއަން އެޕިސޯޑުގައި، އެ ސީރީޒްގައި "މޮނިކާ"ގެ ރޯލު އަދާކުރި އެކްޓްރެސް ކޯޓުނީ ކޮކްސް ހާމަކުރި ގޮތުގައި، ސީރީޒްގައި އޭނަގެ އެންމެ ފޭވަރިޓް މަންޒަރަކީ އޭނަ އާއި "ރޮސް" (ޑޭވިޑް ޝްވިމާ)އޭއެކު މަޝްހޫރު އައިކޮނިކް "ރޫޓީން" ޑާންސްއަށް ނެށި މަންޒަރެވެ.
މި ޑާންސް އަށް ކޯޓްނީ އަލުން މި ވަނީ ނަށައިފައެވެ. އެކަމަކު އޭނާ މި ފަހަރު މި ޑާންސް އަށް ނަށައިފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން އާއެކުއެވެ. އަދި ދެމީހުން ނަށައިފައިވާ މި ވީޑިއޯ އިންސްޓަގްރަމްގައި ކޯޓްނީ ވަނީ ހިއްސާކޮށްފައެވެ.
"ފްރެންޑްސް"ގެ އެ އެޕިސޯޑުގައި ކޯޓްނީ އާއި ޑޭވިޑް "ރޫޓީން" ޑާންސްގެ ސްޓެޕްތައް ޖެއްސި ގޮތަށް 22 އަހަރުފަހުންވެސް ކޯޓުނީ ވަނީ އެގޮތަށް ނަށައިފައެވެ. އަދި އެޑް ޝީރަންވެސް ވަނީ އެ ސްޓެޕްޓައް ކޮޕީކޮށް އެ ޑާންސްއަށް ނަށައިފައެވެ.
މި ވީޑިއޯ އިންސްޓަގްރަމްއަށް ދޫކޮށްލުމާއެކު ފޭނުންގެ ކޮމެންޓްތަކުން ކޮމެންޓް ސެކްޝަން ވަނީ ފުރާލައިފައެވެ. އަދި އެ ވީޑިއޯ ޕޯސްޓަށް ދެ މިލިއަނަށް ވުރެ ގިނަ މީޙުން ވަނީ ލައިކް ޖަހައިފައެވެ.




