މެތިއު ޕެރީގެ އެންޖޭޖްމެންޓް ރޫޅާލައިފި!

"ފެރެންޑްސް"ގެ ތަރި މެތިއު ޕެރީ އާއި އޭނާގެ ލޯބިވެރިޔާ، މޮލީ ހާރވިޓްޒްގެ އެންގޭޖްމެންޓް ރޫޅާލައިފިއެވެ.

މި ދެމީހުން އެންޖޭޖްމެންޓް ރޫޅާލައިފައި މިވަނީ، އެކަން އިއުލާންކުރިތާ 7 މަސް ދުވަސްފަހުންނެވެ. މެތިއު މީޑިއާއަށް ދިން ބަޔާނެއްގައި މިކަން ކަށަވަރުކޮށްދީފައިވާއިރު، އޭނާ ބުނީ ބައެއް ފަހަރު ބައެއް ގުޅުން މަސައްކަތް ނުކުރާނެކަމަށާއި، މިއީ އެގޮތަށް ވީ ކަމެއް ކަމަށެވެ.

މެތިއު އައި މޮލީ އެންގޭޖްވެފައިވާކަން އިއުލާންކުރީ، މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ.  މެތިއު އޭރު މެގެޒިން އަކަށް ދިން އިންޓަވިއުއެއްގައި ވަނީ، އޭނަގެ ލޯބިވެރިޔާއަކީ މި ދުނިޔޭގައި ހުރި އެންމެ ވަރުގަދަ އަންހެނާކަމަށް ބުނެ ތައުރީފުކޮށްފައެވެ.

މެތިއުގެ އުމުރުން މިހާރު 51 އަހަރު ވެފައިވާއިރު، މޮލީގެ އުމުރަކީ 29 އަހަރެވެ. މި ދެމީހުން އެންމެ ފުރަތަމަ ޑޭޓް ކުރަން ފަށައިފައިވަނީ 2018 ވަނަ އަހަރުއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ