ރައްޔިތުންގެ މަޖިލީހަކީ ތަޙްޤީޤީ އިދާރާއެއް ނޫންކަމަށާއި، މަޖިލީހުން ހިންގާ ތަޙްޤީޤުތަކަށް ދަޢުވާ ނުކުރެވޭނެކަމުގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢިލް (އިބްރާ) ވިދާލުވެއްޖެއެވެ.
އިބްރާ ވިދާޅުވީ މަޖިލީހަށް މީހުން ހާޒިރު ކުރަނީ ކަމެއް ވެފައި އޮތް ގޮތް ނުވަތަ ރައްޔިތުންނަށްވާ ދައްޗެއް ފަދަ ކަންކަން އޮޅުން ފޮލުވާ، ޤާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމަށާއި، ނުވަތަ މީހަކު ވަކި ކުރުމަށްކަމަށެވެ.
މީގެ އިތުރުން މަޖިލީހަށް މީހުން ހާޒިރުކޮށްގެން ހޯދާ މަޢުލޫމާރުން އެމީހަކަށް ނުރަނގަޅު ނަތީޖާ ނުކުމެގެން ނުވާނެކަމަށާއި، އެކަން އެހެން ވާނަމަ ތެދުބަހުން ވާހަކަ ނުދައްކާނެކަމުގައި އިބްރާ ވަނީ ވިދާޅުވެފައެވެ.
އިބްރާ ވިދާޅުވީ އެގޮތަށް ހޯދޭ މަޢުލޫމާތު ވަންހަނާ ކުރާނެކަމަށާއި، މަޖިލީހުގެ މިފަދަ ބާރުތަކަކީ އިޚްލާސްތެރިކަމާއެކު އުޞޫލީ ބަދަލު ގެންނަން އޮތް ބާރެއްކަމަށެވެ.
އިބްރާ މިހެން ވިދާޅުވެފައި ވާއިރު، ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ރައްޔިތުންގެ މަޖިލީހުން އަންނަނީ އެމައްސަލައާއި ގުޅޭ އިންކުއަރީއެއް ކުރިޔަށް ގެންދަމުންނެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ މަޖިލީހުން ކުރިޔަށް ގެންދާ އިންކްއަރީއަށް އެއްބާރުލުން ދޭނެކަމަށާއި، ނަމަވެސް ސިފައިންގެ ޤާނޫނު ބުނާ ގޮތުން ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކޮށް ޖަވާބު ދާރީ ނުކުރެވޭނެކަމަށެވެ.





ހިޔާލު
މިފަހަރު ތިދެއްކެވި ވާހަކަތަކަށް ތާއީދުކޮށްލަން.
އަސްލު އެބަޖެހޭ މަޖުލިސް ބައެއްމެމްބަރުންނަށް ދުރޫސުލް އަޚުލާޤު ފިލާވަޅުތަކާއި، އިރުޝާދުލްއަނާމް ފޮތުންވެސް ކިޔަވައިދޭން.. މުޅިމަޖުލިސް ހުއްޓިގެންނުވާނެ އެއް ޞުރުޚީއަކަށް..
މިޙާލަތުގައިވެސް މުޅިދުނިޔެ ހުއްޓިފައިވަނީ ކޮވިޑް ބަލިން އަރައިނުގަނެވިގެން،ވެކްސިން ނުލިބި ވެކުސިން ނުދެވި ހާސްކަންމަތީ..
މިޤައުމުގެ ހުރިހާކަމެއް މިވަނީ ވަކިދަންތުރަ އެއްގައި ޖައްސަން ބަޔަކުމަސައްކަތްކުރަންފަށާފައި.
މާތްﷲ އެބައިމީހުންނަށް ހެޔޮގޮތް މިންވަރުކުރައްވާށި..