"ޝަޒާމް" ދެވަނަ ބައިގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލައިފި!

ޑީސީ ޔުނިވާސްގެ ތެރެއިން ގެނެސްދިން މަޝްހޫރު ސުޕަހީރޯ ފިލްމް "ޝަޒަމް"ގެ ދެވަނަ ބައިގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލައިފިއެވެ.

ޝަޒާމް ގެ ފުރަތަމަ ޓީޒާ ދައްކާލައިފައިވަނީ މި ފިލްމްގެ ޑައިރެކްޓަރ ޑޭވިޑް އެފް.ސޭންޑްބާގް ގެ ޓްވިޓަރ އެކައުންޓް މެދުވެރިކޮށެވެ.

އެންމެ 17 ސިކުންތުގެ މި ޓީޒާ ގައި ދައްކާލަނީ، ފިލްމްގައި "ޝަޒާމް" ގެ ރޯލު އަދާކުރާ ލީޑު އެކްޓަރ ޒެކަރީ ލީވައި އާ ސުޕަހޯރޯ ހެދުމެއްގައި ހުއްޓައެވެ. މި ޓީޒާ ބެލުންތެރިންނަށް ދޫކޮށްލަމުން ކެޕްޝަންގައި "ވަރަށް އަވަހަށް އަންނަނީ..." މިހެން ލިޔެފައިވެއެވެ.

"ޝަޒަމް" ގެ ސީކިއަލް އަށް ދީފައިވާ ޓައިޓަލް ނަމަކީ، "ޝަޒަމް! ފިއުރީ އޮފް ދި ގޯޑްސް" އެވެ.

ޒެކަރީ ލެވީގެ އިތުރުން މި ފިލްމްގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންނަކީ، މާކް ސްޓްރޯންގް، އަޝާ އެންޖެލް، ޖެލް ޑައިލަން ގްރޭޒާ އަދި ޖިމޯމް ހޮންސޫ އެވެ.

މި ފިލްމް ރިލީޒްކުރާނެ ތާރީހެއް އަދި ސާފެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ