ޖެނިފާ ލޯޕޭޒް އާއި ބެން އެފްލިކްގެ ގުޅުން ވަރަށް ސީރިއަސް!

މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޯޕޭޒް(ޖޭލޯ) އާއި އެކްޓަރ ބެން އެފްލިކް އަލުން ގުޅުނު ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ މިދުވަސްކޮޅު މީޑީއާގައި ފެތުރޭ އެންމެ މަޝްހޫރު އެއް ހަބަރެވެ.

މި ދެމީހުން އަލުން ގުޅުނުކަން ދެމީހުންގެ ފަރާތުން އަދި ކަށަވަރު ނުކޮށްދިންނަމެވެސް، ދެމީހުން އެކިތަންތަނުގައި ވަގުތު ހޭދަކުރާ މަންޒަރު ފެންނަ ފޮޓޯތައް މީސްމީޑީއާގައި އަންނަނީ ދައުރުވަމުންނެވެ.

ލޮސް އެންޖެލަސްގަ އާއި މިޔާމީގައި މި ދެމީހުން ވަގުތު ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯތައް ދައުރުވަމުން އަންނައިރު، ޖެނިފާ އާއި ވަރަށް ގާތް ފަރާތްތަކުން މީޑިއާއަށް މައުލޫމާތު ދެމުން އަންނަ ގޮތުގައި، މި ދެމީހުން ވަނީ ޑޭޓް ކުރަން ފަށައިފައެވެ.

ކުރީގައިވެސް ލޯބީގެ ގޮތުން ގުޅި، އެންގޭޖްވެސް ވި މި ދެ މީހުން މިހާރު އަލުން ޑޭޓް ކުރަށް ފަށައިފައިވާކަމުގެ ހަބަރު ފެތުރިފައިވާއިރު، މައުލޫމާތު ލިބޭގޮތުގައި، މިފަހަރު ދެމީހުންވެސް މަސައްކަތް ކުރަނީ ގުޅުން ވަރުގަދަކޮށް އިތުރު ހަރުފަތަކަށް ދިއުމުގެ ވިސްނުމުގައެވެ.

ދެމީހުންގެ ގުޅުން ވަރަށް ސީރިއަސް ކަމުގައި މީޑިއާގައި ހަބަރު ފެތުރިފައިވާއިރު، މި ދެމީހުންނަކީވެސް ކުރިން ކައިވެނިކޮށް ދަރިން ލިބިފައިވާ ދެމީހުންނެވެ.

ޖޭލޯ އާއި ބެން އެފްލިކްގެ ލޯބީގެ ގުޅުން އެންމެ ފުރަތަމަ ފެށުނީ މީގެ އެތައް އަހަރުކުރިންނެވެ. އެގޮތުން މި ދެމީހުން އެންމެ ފުރަތަމަ ދެމީވީ 2001 ވަނަ އަހަރު، ދެމީހުން އެކުގައި ފެނިގެންދިޔަ ފިލްމެއްގެ ސެޓުންނެވެ. މި ފިލްމް ރިލީޒްވެފައިވަނީ 2003 ވަނަ އަހަރުއެވެ. އޭރު ޖޭލޯ އިނދެގެން އުޅެނީ އޭނަގެ ދެވަނަ ފިރިމީހާއާއެވެ.

އޭގެ ފަހުން ޖޭލޯ އާއި އޭނަގެ ދެވަނަ ފިރިމީހާގެ ކައިވެނި ރޫޅިފައިވާއިރު، 2002 ވަނަ އަހަރު ޖޭލޯ އާއި ބެން އެފްލިކް ވަނީ އެންގޭޖްވިކަން އިއުލާންކޮށްފައެވެ. އޭގެ ފަހުން 20023 ވަނަ އަހަރުވެސް ދެމީހުން އެކުގައި ފިލްމަކުން ފެނިފައިވާއިރު، ދެމީހުންގެ ކައިވެނި ފަސްކޮށްފައިވާކަން އެ އަހަރު އިއުލާންކުރިއެވެ. އަދި 2004 ވަނަ އަހަރު ވަނީ ދެމީހުންގެ އެންޖޭޖްމެންޓް ރޫޅާލައިފައެވެ.

2004 ޖޫން 4 ގައި ލަވަކިޔުންތެރިޔާ މާކް އެންތޮނީއާއި ޖޭލޯ ކައިވެނިކޮށްފައިވާއިރު، އެ ކައިވެންޏަށް ވަނީ އެއްމާބަނޑު ދެ އަންހެން ކުދިންވެސް ލިބިފައެވެ. މި ދެމީހުންގެ ކައިވެނި ރޫޅުނީ 2014 ވަނަ އަހަރުއެވެ.

"ބެޓް މޭން" ގެ އެކްޓަރ ބެން އެފްލިކްވެސް ވަނީ 2005 ވަނަ އަހަރު އެކްޓްރެސް ޖެނިފާ ގާނާ އާއި ކައިވެނިކޮށް، ކައިވެންޏަށް ތިން ދަރިން ލިބިފައެވެ. މި ދެމީހުން ވަރިވެފައިވަނީ 2018 ވަނަ އަހަރުއެވެ.

ޖެނިފާ އާއި ބެން އަލުން ގުޅުނުކަމަށް ބުނެ އެންމެ ފުރަތަމަ ހަބަރުތައް ފެތުރިފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ