ފޮޓޯ: މިހާރު

ކަރަންޓީނުގައި ނެތް ފަރާތެއް ކުޅުދުއްފުށިން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކަރަންޓީނުގައި ނެތް ފަރާތެއް ހދ. ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އޮފް ހެލްތް ސާވިރސަސް އަހުމަދު ދާއޫދު (ޑޭވިޑް) މިނޫހަށް އެކަން ކަށަވަރުކޮށްދެއްވާފައިވާއިރު ވިދާޅުވީ، ކުޅުދުއްފުށިން ޕޮޒިޓިވްވެފައިވަނީ އަލާމަތް ހުރެގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި ފަރާތެއްކަމަށެވެ.

އަދި މިއަދު ފެނުނު ޕޮޒިވްޓިވް މިކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރެސިންގ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ކުޅުދުއްފުށި ސިޓީ މޮނިޓަރިންއަށް ލުމާމެދު އަދި ގޮތެއް ނުނިންމާކަމަށްވެސް ޑޭވިޑް ވިދާޅުވިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ކުޅުދުއްފުށިން ޕޮޒިޓިވްވެެފައިވަނީ އުމުރުން 45 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާއަކީ މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެކެވެ.

ކުޅުދުއްފުށި ސިޓީން މީގެކުރިންވެސް މާލެ ދަތުރުކުރާ ބޯޓު ފަހަރުގައި މަސައްކަތްކުރާ ފަރާތްތައްވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން އެސިޓީވަނީ އެތަށް ފަހަރަކު މޮނިޓަރިންގއަށް ލާފައެވެ. ކުޅުދުއްފުށި ސިޓީ އެންމެފަހުން މޮނިޓަރިންގއަށް ލާފައިވަނީ މިދިޔަ މެއި މަހުގެ ވަރަށް ކުރީކޮޅުއެވެ.

ވެރިރަށް މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކަކުން ކޮވިޑް-19 ގެ ކޭސްތައް މިހާރުވަނީ ފެނިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 71 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ރައްޔިތުމީހާ

    ޚޮންމެ އެއްޗެކޭ ކިޔައިގެންވެސް މީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދުން ދޯ ބޭނުމަކީ. ބަލަ ކަރަންޓީނުގައި ނެތަސް ތި މީހަކީ ސީކުއީނުން ބޯޓުގެ ފަޅުވެތިއެއް މާލޭގަ ދެމިދެމިފައި އައީ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ