ޤައުމީ ޓީމް ކުޅުންތެރިންގެ އެލެވެންސް މިހާރު ބަރާބަރަށް ޖަމާވާނެ: މަޙްލޫފް

ރާއްޖޭގެ ޤައުމީ ޓީމް ކުޅުންތެރިންގެ އެލެވެންސް މިހާރު ބަރާބަރަށް ޖަމާވާނެ ކަމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މަޙްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ އޭޕްރީލް މަހުން ފެށިގެން ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާވާ ދުވަހު ޤައުމީ ޓީމްގެ ކުޅުންތެރިންގެ އެލަވަންސްވެސް މިހާރު ޖަމާވާނެކަމަށެވެ.

ޤައުމީ ޓީމް ކުޅުންތެރިންނަށް އެލެވަންސް ނުދީ ލަސްވަމުންދާ މައްސަލަ މީގެ ކުރިން ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ.

މަޙްލޫފް ވިދާޅުވީ ޤައުމީ ޓީމު ކުޅުންތެރިންގެ ފަރާތުން ލިބުނު އެންމެބޮޑު އެއްޝަކުވާއަކީ އެލަވަންސް މަހުންމަހަށް ނުލިބި ލަސްވާ މައްސަލަކަމަށާއި، އެގޮތުން ބައެއް ފަހަރު އެލެވެންސް ނުލިބި 6 މަސް ވެސް ލަސްވެފަ ހުރިކަމަށެވެ.

"ނަމަވެސް ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާވާ ދުވަހު ކުޅުންތެރިންގެ އެލަވަންސްވެސް އޭޕްރީލް މަހުން ފެށިގެން މިހާރުޖަމާވާނެ" މަޙްލޫފް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މެދުތެރޭގައި ޤައުމީ ޓީމް ކުޅުންތެރިންނަށް ދޭ އެލެވެންސާއި ގުޅޭ ގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވެފައި ވަނީ ޤައުމީ ޓީމްގެ ކުޅުންތެރިންނަށް ދެނީ މުސާރައެއް ނޫން ކަމަށާއި އެބޭފުޅުންނަށް ދެމުން ދަނީ އެލެވެންސްއެއް ކަމަށެވެ. އަދި މި އެލެވެންސް ޑިޕެންޑް ވެފައި އޮންނަނީ ކުޅުންތެރިން ކުރާ ޕްރެކްޓިސްތަކަށް ބަލައިގެން ކަމަށެވެ.

"ކުޅުންތެރިންނަށް އެލެވެންސް ދެމުން އަންނަނީ ޕްރެކްޓިސް ކުރަމުންދާ ގޮތުގެ ހާޒިރީއާއި އެކީގައި އެސޯސިއޭޝަން ތަކުން ފޮނުވާ މަޢުލޫމާތު ހިއްސާކުރުމުން. މިވަގުތު ޕްރެކްޓިސް ނުކުރާތީވެ، އުޞޫލުގެ ދަށުން އެކަން ހަމަޖެހޭކަހަލަ ގޮތަކަށް ނެތް" މަޙްލޫފް ވިދާޅުވިއެވެ.

އެގޮތުން މަޙްލޫފް ވިދާޅުވެފައި ވަނީ ޤައުމީ ޓީމްގެ ކުޅުންތެރިންނަށް ސަރުކާރުން ދޭ އެލެވެންސް، ޕްރެކްޓިސް ފެށުނުހާ އަވަހަށް ދޭނެކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ޤައުމީ ޓީމަށް ކުޅޭ ކޮންމެ ކުޅުންތެރިއަކަށް މަހަކު 5000 ރުފިޔާ ދޭ ގޮތަށް ކަނޑައަޅާފައެވެ. އެގޮތުން ޤައުމީ ޓީމަށް ދޭ އެލެވެންސް 328 ކުޅުންތެރިންނަށް ލިބެއެވެ. އެއީ ގާތްގަނޑަކަށް މަހަކު 1.4 މިލިއަން ރުފިޔާ ކަމުގައި މިދިޔަ އަހަރުގެ ތެރޭގައި މަޙްލޫފް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ