ޗައިނާގެ ޖައްވީ ސްޓޭޝަން ބިނާކުރުމުގެ މަސައްކަތަށް އެސްޓްރޮނޯޓުން ފޮނުވައިފި

ޗައިނާއިން ޖައްވުގައި ގާއިމްކުރާ އެގައުމުގެ ޖައްވީ ސްޓޭޝަނުގެ މަސައްކަތަށް ތިން އެސްޓްރޯނޯޓުން މިއަދު ފޮނުވައިފިއެވެ.

މި މަސައްކަތަށް ޗައިނާއިން ފޮނުވައިފައިވާ ތިން އެސްޓްރޯނޯޓުންނަކީ، ނީ ހައިޝެންގް، ލިއު ބޯމިންގް، އަދި ޓަންގް ހޮންގްބޯއެވެ. މި ތިން އެސްޓްރޯނޯޓުން ޖައްވީ ސްޓޭޝަނުގެ މަސައްކަތުގައި ޖައްވުގައި ތިންމަސްދުވަސް ހޭދަކުރާނެއެވެ.

މި ޓީމްވެގެންދާނީ އެންމެ ގިނަ ދުވަހު ޗައިނާގެ އެސްޓްރޯނޯޓުންތަކެއް ޖައްވުގައި މިހާތަނަށް ހޭދަކުރާ ޓީމަށެވެ. އަދި ފާއިތުވެދިޔަ ފަސްވަރަކަށް އަހަރު ޗައިނާގެ ޓީމެއް ޖައްވަށްދާ ފުރަތަމަ ފަހަރަށެވެ. ޓީމް ގޮވައިގެން ދަތުރުކުރި ޝެންޒައު-12 ވަނީ ދަތުރުފެށިތާ ހަތް ގަޑިއިރުތެރޭ ޗައިނާއިން ގާއިމްކުރާ ޖައްވީ ސްޓޭޝަނަށް ބަނދަރުކޮށްފައެވެ. ޗައިނާގެ މިޝަން ކޮންޓްރޯލުންވަނީ މި ކާމިޔާބީ ފާހަގަ ކޮށްފައެވެ.

ޗައިނާގެ ޖައްވީ ސްޓޭޝަނުގެ މަސައްކަތް ކުރުމަށް ޖައްވަށް ދިޔަ ޓީމް

މިދިޔަ އޭޕްރިލް މަހު ޗައިނާއިން ވަނީ އެ ގައުމުގެ ޖައްވީ ސްޓޭޝަނަށް ބޭނުންވާ އެއް ބައި ޖައްވަށް ފޮނުވާފައެވެ. ޝެންޒައު-12 އިން އެ ސްޓޭޝަން ފުރިހަމަ ކުރަން ހަރު ކުރަން ޖެހޭ ބައިތަކުގެ މަސައްކަތް ކުރާނެއެވެ. އަދި އެ ސްޓޭޝަން ހިދުމަތައް ގެއްނާނެއެވެ.

ބީބީސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ކާމިޔާބީތަކުން ދައްކުވައިދެނީ ޗައިނާއިން ޖައްވީ ރޭހުގައި ހޯދަމުން އައްނަ ކުރިއެރުން ތަކެވެ. ފާއިތުވެދިޔަ ހަމަސްދުވަސްތެރޭ ޗައިނާއިންވަނީ ހަނދަށް ޖައްވީ އުޅަނދު ފޮނުވައި ހަނދުން ހިލައާއި ވެލީގެ ސާމްޕަލްތައް ދުނިޔެއަށް ގެނެސް ޕްލެނެޓް މާރސްއަށް ހަފުރޮޅުލީ ރޮބެޓް އެއްވެސް ފޮނުވައިފައެވެ. މިކަން ކަމަކީ ޖައްވީ މަސައްކަތުގެ ބޮޑެތި ކުރިއެރުންތަކެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ