ކޮވިޑް ބަލީގައި އުމުރުން 75 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ބަލިޖެހިގެން އުމުރުން 75 އަހަރުގެ މީހަކު ނިޔާވެއްޖެއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ކޮވިޑް-19 އަށް ފަރުވާދެމުންދިޔަ އުމުރުން 75 އަހަރުގެ ދިވެހި ފިރެހެނަކު މިރޭ 08:49 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއީ މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވި 206 ވަނަ މީހާއެވެ. އަދި މިއަދު މިބަލީގައި ނިޔާވި ތިންވަނަ މީހާއެވެ.

ކޮވިޑް-19ގެ މިއަދުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 211 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލޭ އޭރިއާއިން 54 މީހުން، އަތޮޅުތެރޭ ރައްތަކުން 132 މީހުން، އަދި ރިސޯޓުތަކުން 25 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ